ކިމް ޖޮންގް އުންއާ ބައްދަލުނުކޮށް ޓްރަމްޕް ޝެންޒެން ދޫކޮށް ފުރައިފި
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރާނެ ކަމުގެ އުއްމީދުތައް ބޮޑުވެފައި ވަނިކޮށް، އެ ބައްދަލުވުން ނުބޭއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ޝެންޒެނުން ފުރައިފިއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރާނެ ކަމުގެ އުއްމީދުތައް ބޮޑުވެފައި ވަނިކޮށް، އެ ބައްދަލުވުން ނުބޭއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ޝެންޒެނުން ފުރައިފިއެވެ.
ޝެންޒެންގައި ކުރިއަށް ދިޔަ ބައިނަލްއަޤުވާމީ ސަމިޓުގެ ހަވާސާގައި ޓްރަމްޕް ވަނީ ރަޝިޔާ އަދި ޗައިނާގެ ލީޑަރުންނާ ބައްދަލުކޮށްފައެވެ. މި ދަތުރުގެ ތެރެއިން ކިމްއާ ވެސް ބައްދަލުކުރުމުގެ ފުރުޞަތު އޮތް ކަމަށާއި އެކަމަށް އުއްމީދުކުރާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުންޏެވެ.
އެހެން ނަމަވެސް ކިމް ޖޮންގް އުންގެ ފަރާތުން ނުވަތަ އުތުރު ކޮރެއާގެ ސަރުކާރުން އެފަދަ ބައްދަލުވުމެއް ބާއްވާނެ ކަމުގެ ރަސްމީ ޔަޤީންކަމެއް ދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބި އޮއްވައި ޓްރަމްޕް ޝެންޒެން ދޫކޮށް ފުރުމާ އެކު، ދެ ލީޑަރުންގެ ބައްދަލުވުމެއް ނުބޭއްވޭނެކަން ވަނީ ޔަޤީންވެފައެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ދެ ލީޑަރުންގެ މެދުގައި ތާރީޚީ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އެ ގޮތުން ދެ ކޮރެއާ ވަކިކުރާ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ގެ 38 ވަނަ ޕެރަލަލް ހުރަސްކޮށް އުތުރު ކޮރެއާ އަށް ވަން ފުރަތަމަ އެމެރިކާގެ ރައީސް ކަމުގެ ޝަރަފު ޓްރަމްޕް ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް