ނިޝާން އިއްޒުއްދީނުގެ އިއްޒަތް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފި
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ދީނުގެ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފް ކަމުގައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވައިފިއެވެ.

އެ ޝަރަފުގެ އެވޯޑް ޑރ. ރަޝީދުގެ އާއިލާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި އެ ދާއިރާއިން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެމަނިކުފާނަށް މި ޝަރަފު އެރުވީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަކީ ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އެމަނިކުފާނު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ މިނިސްޓަރުގެ އެޑްވައިޒަރު ކަމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމާއި މެންބަރުކަން ކުރައްވާފައެވެ.
އޭގެ އިތުރުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކުރެއްވި ކޮމިޓީގެ ރައީސް ކަމާއި މެންބަރުކަން ވެސް އެމަނިކުފާނު އަދާކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް