މައިގަނޑު ބަޔަށް ދާން

ހަބަރު

ސުޖޫދު ކޭމްޕް - ފާހަގަކޮށްލެވޭ ދެ ކުއްޖަކަށް މެލޭޝިއާ ކޭމްޕުގެ ޖާގަ

ޕީސް ފައުންޑޭޝަނުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ނަމާދުގެ ޢަމަލީ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ސުޖޫދު ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސުޖޫދު ކޭމްޕް - ފާހަގަކޮށްލެވޭ ދެ ކުއްޖަކަށް މެލޭޝިއާ ކޭމްޕުގެ ޖާގަ

ޕީސް ފައުންޑޭޝަނުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ނަމާދުގެ ޢަމަލީ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ސުޖޫދު ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިސެމްބަރު 15 އިން 16 އަށް ކުރިއަށް ގެންދާ މި ކޭމްޕަކީ ނަމާދުގެ ރުކުންތަކާއި ވާޖިބުތައް ޞައްޙަ ގޮތުގައި އަދާކުރާނެ ގޮތް ޕްރެކްޓިކަލް ސެޝަންތައް މެދުވެރިކޮށް ކުދިންނަށް ދަސްކޮށްދިނުމަށް ހިންގާ ވޯކްޝޮޕެކެވެ. ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޢިލްމުވެރިއެއް ކަމަށްވާ އުސްތާޛު ނަސީމެވެ. އުސްތާޛު ނަސީމަކީ ކުޑަކުދިންނަށް ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ ގިނަ ތަޖުރިބާ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

މި އަހަރުގެ ކޭމްޕުގެ އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ޕީސް ފައުންޑޭޝަނުން ފާހަގަކޮށްފައި ވަނީ، ކޭމްޕުން އެންމެ ފާހަގަކޮށްލެވޭ ދެ ކުއްޖަކަށް ކޮންމެ އަހަރަކު މެލޭޝިއާގައި ބާއްވާ އަލްޚާދިމް ޔޫތު ކޭމްޕު (އޭ.ކޭ.ވައި.ސީ.) ގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމެވެ.

އެ ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި ސުޖޫދު ކޭމްޕަކީ ކޮންމެ އަހަރަކު ވެސް ބެލެނިވެރިންނާއި ކުދިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ. ކޮންމެ އަހަރަކު ވެސް 100 އަށް ވުރެ ގިނަ ކުދިން މި ކޭމްޕުގައި ބައިވެރިވެ، ނަމާދާ ގުޅޭ ޢަމަލީ ތަޖުރިބާ ހޯދަމުންދާ ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.