އަދާލަތުގެ ނިންމުން އައީ އަޣުލަބިއްޔަތުން، އިޙްތިރާމް ކުރަންޖެހޭނެ: އިޔާޒް
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި ނިންމުމަކީ މެންބަރުންގެ އަޣުލަބިއްޔަތުން، މަޝްވަރާގެ ރިވެތި އުސޫލުން ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ސަރުކާރާ ގުޅި ރައީސް މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތުން ނިންމި ނިންމުމާ މެދު އެ ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި، ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޢިލްމުވެރީން ޕާޓީން ވަކިވަމުން ދާ ދަނޑިވަޅެއްގައެވެ.
އިޔާޒް ވިދާޅުވީ ކޮންމެ ކަމަކީ އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާއި، އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ދީނާއި ޤައުމުގެ ޙައްޤުގައި ބަސް ބުނެ ޢަމަލުކުރަންޖެހޭ ކޮންމެ ވަގުތެއްގައި ފަސްޖެހުމެއް ނެތި އަދާލަތު ބަދަހިކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން މެންބަރުންނަށް ދެއްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ދުވަސްވީ ބޭފުޅުން ވިދާޅުވެފައިވަނީ މިވަގުތު އަދާލަތުން ވަކިވުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ. މިހާރު އެ ޕާޓީ ހިންގަނީ ސިޔާސީ ތަޖުރިބާ މަދު ޒުވާން ލީޑާޝިޕެއް ކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.
ކުރީގެ ހޯމް މިނިސްޓަރު ޢިމްރާންގެ ފަހު ދައުރުން ފެށިގެން އަދާލަތަށް އޮތް ތާއީދު ދިޔައީ ފަނޑުވަމުންނެވެ. މިދިޔަ އަހަރާ ހަމައަށް 10,000 މެންބަރުން ތިބި އެ ޕާޓީގައި މިހާރު ތިބީ 5,000 މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް