މައިގަނޑު ބަޔަށް ދާން

ހަބަރު

ތަރައްޤީގެ އެންމެ ފައިދާހުރި މަގު ޚިޔާރުކުރުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި، ޤައުމަށް އެންމެ ލާބަހުރި ގޮތްތައް ހޯދައި އެ މަގުން ކުރިއަށް ދިއުމުގައި ދިވެހި ރައްޔިތުންނަކީ ލާމަސީލު ނަމޫނާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތަރައްޤީގެ އެންމެ ފައިދާހުރި މަގު ޚިޔާރުކުރުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް: ރައީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި، ޤައުމަށް އެންމެ ލާބަހުރި ގޮތްތައް ހޯދައި އެ މަގުން ކުރިއަށް ދިއުމުގައި ދިވެހި ރައްޔިތުންނަކީ ލާމަސީލު ނަމޫނާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތާރީޚުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ނިންމާފައިވާ މުހިންމު ނިންމުންތަކުން ހާމަވަނީ ދިވެހިންނަކީ ޒަމާނީ ކުރިއެރުމާއި ހޭލުންތެރިކަމަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ކަމަށެވެ. އެގޮތުން ދުނިޔެއަށް އިސްލާމްދީން ފެތުރެމުން ދިޔައިރު، ވަށައިގެންވާ މާޙައުލަށް ބެލުމެއް ނެތި ދިވެހިން އިސްލާމްދީން ޚިޔާރުކުރީ އެއީ ޙައްޤު ދީން ކަމުގައި ވާތީ ކަމަށާއި، ސިޔާސީ ގޮތުން ބެލިޔަސް މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވިފައިވާ ޤާނޫނު އަސާސީއެއް އެކުލަވައިލައި، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް، އަދި ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރަކީ ޤައުމަށް އެންމެ ފައިދާހުރި މަގު އިޚްތިޔާރުކުރުމުގެ ހެއްކެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ތާރީޚަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ ކުރީގެ ވެރިން ގެންނެވި ބަދަލުތައް މިސާލެއްގެ ގޮތުގައި ނަންގަވައިފައެވެ. ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެން ކުދިންނަށް ތަޢުލީމު ދެއްވުމާއި ރަށްރަށުގައި ފުޅާ މަގުތައް ހެއްދެވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބައެއް ފަރާތްތަކުން ދެކޮޅުހެދި ނަމަވެސް ރައްޔިތުން އެކަން ބަލައިގަނެ ޤައުމަށް ފައިދާހުރި ނަތީޖާ ނެރެދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ދެވަނަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ދެކޮޅުހެދި ބަޔަކު ތިބި ނަމަވެސް ވިސްނުންތެރި އޮޑިވެރިން އެކަން ބަލައިގެންކަމާއި، ރާއްޖޭގައި ފަތުރުވެރިކަން ނުހިންގޭނެ ކަމަށް ބޭރުގެ މާހިރުން ނިންމާފައި ވަނިކޮށް ދިވެހިން ނިކުތީ އެ ސިނާޢަތް ކާމިޔާބުކޮށް މިއަދު އިޤްތިޞާދުގެ މައި ތަނބަކަށް ހެދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބިނާވެފައި ވަނީ އިސްލާމްދީނުގެ މަތީގައިވާ އިންސާނީ ތަރައްޤީއާއި ޒަމާނީ ޢުމްރާނީ ތަރައްޤީގެ މައްޗަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމާޒަކީ ދިވެހި ޤައުމިއްޔަތާއި އިސްލާމީ ބިންގަލުގެ މަތީގައި ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި، އީޖާދީ އިޤްތިޞާދަކާއި ތަޢުލީމީ، ހުނަރުވެރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، ދުނިޔެއަށް ލޯހުޅުވިފައިވާ ތަހުޒީބީ ޤައުމަކަށް ރާއްޖެ ހެއްދެވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.