މައިގަނޑު ބަޔަށް ދާން

ހަބަރު

ޕީއެންސީގެ މެންބަރުންގެ ޢަދަދު އެއް ލައްކައަށް އަރައިފި

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ޢަދަދު ފުރަތަމަ ފަހަރަށް އެއް ލައްކައަށް އެރީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން 100,083 އަށް އެރުމާ ގުޅިގެންނެވެ.

ޕީއެންސީގެ މެންބަރުންގެ ޢަދަދު އެއް ލައްކައަށް އަރައިފި

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ޢަދަދު ފުރަތަމަ ފަހަރަށް އެއް ލައްކައަށް އެރީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން 100,083 އަށް އެރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރެއާ ހަމައަށް ޕީއެންސީގައި 100,083 މެންބަރުން ތިއްބެވެ. މީގެ ކުރިން އެއްވެސް ޕާޓީއަކަށް މި ޢަދަދާ ހަމައަށް ވާޞިލުވެވިފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ 3,000 މެންބަރުންނެވެ. އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި މެންބަރޝިޕް ކެމްޕެއިނުގެ އަމާޒަކީ އެއް ލައްކައަށް ވާޞިލުވުމެވެ. ވެރިކަމަށް އެއް އަހަރު ފުރުނު އިރު 75,000 އަށް ވުރެ ގިނަ މެންބަރުން ވަނީ ހަމަކޮށްފައެވެ.

ޕީއެންސީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. ރެއާ ހަމައަށް އެ ޕާޓީގައި 53,747 މެންބަރުން ތިއްބެވެ. އީސީގައި މި ވަގުތު ރަޖިސްޓްރީކޮށްފައި ވަނީ ޕީއެންސީ، އެމްޑީޕީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޕީއެންއެފް ހިމެނޭ ގޮތަށް ޖުމްލަ ހަތް ޕާޓީއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.