ބައިނަލްއަޤުވާމީ ސަލާމަތް ބިނާވަނީ ތިން ބާރުގެ މައްޗަށް: ޕުޓިން
ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައި އޮތީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް ކަމަށް ރަޝިޔާގެ ރައީސް ވްލޮޑޮމިއަރ ޕުޓިން ބުނެފިއެވެ.
ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައި އޮތީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް ކަމަށް ރަޝިޔާގެ ރައީސް ވްލޮޑޮމިއަރ ޕުޓިން ބުނެފިއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގުޅުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕުޓިން ވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ ވެރީން ބައިވެރިވާ ތިން ފަރާތުގެ ސަމިޓަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެ ސަމިޓަކީ ބައިނަލްއަޤުވާމީ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ލިޔެވިގެންދާނެ އައު ބާބެއް ކަމަށް ޕުޓިން ސިފަކުރީ ކަމަށް ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާއާ އެކު އޮތް ގުޅުމާ ބެހޭ ގޮތުން ޕުޓިން ބުނީ ވޮޝިންޓަނާ އެކު ރަޝިޔާއިން ބާއްވާ ގުޅުންތަކުގެ ބައެއް ދާއިރާތައް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް މުޢާމަލާތްތައް އިތުރަށް ފުޅާކޮށް، ދެ ފަރާތަށް ވެސް ފައިދާ ލިބޭ ގޮތަށް ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ވެސް ޕުޓިން ފާހަގަކުރި ކަމަށެވެ.
ބައިނަލްއަޤުވާމީ މައްސަލަތަކުގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ސަމިޓުގެ ބޭރުން އެހެން އޮނިގަނޑުތަކުގެ ތެރެއިން ވެސް ނިންމަމުންދާނެ ކަމަށް ޕުޓިން ބުންޏެވެ. އެއީ އެކި ލެވެލްތަކުގައި މަޝްވަރާ ކުރިއަށް ގެންދިއުމަށް އޮތް ފުރުޞަތެއް ކަމަށް އޭނާގެ ވާހަކައިން ދޭހަވެއެވެ.
އެއްބަސްވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕުޓިން ބުނީ އެއްވެސް އެއްބަސްވުމެއް ނެތި އޮތުމަށްވުރެ، ފުރިހަމައަށް ތަންފީޒު ނުކުރެވުނު ނަމަވެސް ކޮންމެވެސް ކަހަލަ އެއްބަސްވުމެއް އޮތުން މާ ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް