މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޙޫޘީންގެ މިސައިލެއް ރިޔާޛްގެ ޕީއައިއެފް ޓަވަރަށް އަރައި ގެއްލުން ލިބިއްޖެ

އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ފޮނުވައިލި މިސައިލެއް ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޛްގެ އެންމެ އުސް ޢިމާރާތް ކަމަށްވާ ޕީއައިއެފް ޓަވަރަށް އަރައި، އެ ޢިމާރާތާއި ކައިރީގައި ހުރި ތަންތަނަށް ގެއްލުން ލިބިއްޖެއެވެ.

ޙޫޘީންގެ މިސައިލެއް ރިޔާޛްގެ ޕީއައިއެފް ޓަވަރަށް އަރައި ގެއްލުން ލިބިއްޖެ

އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ފޮނުވައިލި މިސައިލެއް ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޛްގެ އެންމެ އުސް ޢިމާރާތް ކަމަށްވާ ޕީއައިއެފް ޓަވަރަށް އަރައި، އެ ޢިމާރާތާއި ކައިރީގައި ހުރި ތަންތަނަށް ގެއްލުން ލިބިއްޖެއެވެ.

ސަޢޫދީގެ ދައުލަތުގެ ނޫސް އެޖެންސީ އެސްޕީއޭއިން ބުނެފައިވާ ގޮތުގައި ރިޔާޛްގެ މާލީ ސަރަޙައްދުގައި ހުންނަ ޓަވަރަކަށް ހަމަލާ ދިނުމުން ޢިމާރާތަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ސިވިލް ޑިފެންސުގެ ބަޔާނުގައި ޓަވަރުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ބަޔާނާ އެކު ޝާއިޢުކުރި ފޮޓޯއިން ފެންނަނީ ސަޢޫދީ ސޮވެރިން ވެލްތު ފަންޑުގެ މައި އިދާރާ ހުންނަ ޕީއައިއެފް ޓަވަރެވެ. ހަމަލާގެ ސަބަބުން ޢިމާރާތުގެ ބޭރު ފާރާތުގެ ދަގަނޑު ބައިތައް ލެނބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ޓަވަރަށް އެރީ ޙޫޘީންގެ މިސައިލެކެވެ. ހަމަލާއާ ގުޅިގެން ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް ޒިޔާރަތްކުރާ ފަރާތްތަކަށް ބަންދުކޮށްފައިވެއެވެ.

ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުނީ ޤައުމުގެ ސިޔާދަތާއި ރައްޔިތުންނާއި ޤައުމީ މުދާ ހިމާޔަތްކުރުމަށް "ބޭނުންވާ ހުރިހާ ފިޔަވަޅެއް" އެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

މިއީ ދެ ހަފުތާ ތެރޭ ރިޔާޛްގެ މާލީ ސަރަޙައްދުގެ ފާހަގަކޮށްލެވޭ ޢިމާރާތަކަށް ޙޫޘީންގެ ހަމަލާ އެރި ދެވަނަ ފަހަރެވެ. ނޮވެމްބަރު 8 ގައި ދައުލަތުގެ ތެޔޮ ކުންފުނި އެރަމްކޯގެ ޢިމާރާތަށް ވެސް ހަމަލާ އެރިއެވެ. ޙޫޘީން ބުރާސްފަތި ދުވަހު ބުނީ ރިޔާޛްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ދެކުނުގެ ޚަމީސް މުޝައިޠް އެއާބޭހާއި އިރުމަތީ ޖުބައިލުގެ ސާދާފް ޕެޓްރޯކެމިކަލް ކުންފުންޏަށް ވެސް ހަމަލާ ދިން ކަމަށެވެ. ނަމަވެސް އެ ހަމަލާތައް ސަޢޫދީން ކަށަވަރުކޮށްފައެއް ނުވެއެވެ.

އެމެރިކާ-އީރާން ހަނގުރާމައިގެ ތެރެއިން ޖުލައިގައި ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށުނު ފަހުން ޙޫޘީން ގެންދަނީ ސަޢޫދީ ތެޔޮ ވަސީލަތްތަކާއި ވައިގެ ބަނދަރުތަކަށް ހަމަލާ ދެމުންނެވެ. އެ ހަނގުރާމައިގައި ޙޫޘީން ވަނީ ޔަމަނުގެ މުޅި ރަތް ކަނޑުގެ އައްސޭރިފަށާއި ސްޓްރެޓީޖިކް ބާބު އަލް މަންދެބް ކަނޑުއޮޅި ހިފައި، ވަގުތީ ވެރިރަށް ޢަދަނާއި ތަޢިޒް ވަށައިލައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.