މައިގަނޑު ބަޔަށް ދާން

ހަބަރު

ދިއްދޫ ފިންލިޓް ކުޑަކުދިންގެ ހަވީރުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން މިއަދު ހއ. ދިއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް 700 އަށްވުރެ ގިނަ ކުދިން ހާޒިރުވެއްޖެއެވެ.

ދިއްދޫ ފިންލިޓް ކުޑަކުދިންގެ ހަވީރުގައި 700 އަށްވުރެ ގިނަ ކުދިން ބައިވެރިވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން މިއަދު ހއ. ދިއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް 700 އަށްވުރެ ގިނަ ކުދިން ހާޒިރުވެއްޖެއެވެ.

އެ ހަވީރުގައި ކުދިންނަށް ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގައި އިނާމު ދީފައިވެއެވެ. އޭގެ ތެރެއިން ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ވެސް ދީފައިވެއެވެ. ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުމުގެ އާދަ ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީ ހޭލުންތެރިކަމާ ބެހޭ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ވެސް ބަހައްޓާފައި ހުއްޓެވެ. ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކި ފައިސާ ފޮއްޗާއި ފައިސާ ނޫޓުތަކުގެ މައުލޫމާތު އެ ސްޓޯލުން ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

އެމްއެމްއޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވެސް މި ހަވީރުގައި ބައިވެރިވެފައިވެއެވެ. ދިއްދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ މާދަމާ ހއ. ވަށަފަރުގައެވެ. ފިންލިޓް ފެސްޓްގެ ދަށުން ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމާ ބެހޭ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.