ހުޅުމާލެ ފޭސް ތިނެއްގެ ކުނިފުންޏެއްގައި ރޯވެ ވާރެއާ އެކު އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ހުޅުމާލެ ފޭސް ތިނެއްގައި ހުރި ބޮޑު ކުނިފުންޏެއްގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު ދެ ގަޑިއިރެއްހާ އިރު ފަހުން ބޯކޮށް ވެހުނު ވާރެއާ އެކު ކޮންޓްރޯލްކޮށްފިއެވެ.
ހުޅުމާލެ ފޭސް ތިނެއްގައި ހުރި ބޮޑު ކުނިފުންޏެއްގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު ދެ ގަޑިއިރެއްހާ އިރު ފަހުން ބޯކޮށް ވެހުނު ވާރެއާ އެކު ކޮންޓްރޯލްކޮށްފިއެވެ.
އަލިފާން ރޯވީ މެންދުރު 1:20 ހާއިރުއެވެ. އެ ވަގުތުން ފެށިގެން މުޅި ކުނިފުންޏަށް އަލިފާންގަނޑު ފެތުރިގެން ދިޔައިރު، މެންދުރުފަހު 3:25 ހާއިރު ވާރޭ ވެހެން ފެށުމާ ހަމައަށް އަލިފާންގަނޑު ކޮންޓްރޯލް ވެފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް