ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހު ޑްރޯނާއި ބޮޑީވޯން ކެމެރާ ތައާރަފްކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، އެ އިދާރާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އަލަށް ތައާރަފްކުރި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ. އަދި ބޮޑީވޯން ކެމެރާ ހަދިޔާކޮށްފައިވަނީ އެމެރިކާއިންނެވެ.
މި ޖަލްސާގައި "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" ނަމުގައި ކަސްޓަމްސްގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތު ހިމެނޭ ޚާއްޞަ ފޮތެއް ވެސް ވަނީ ނެރެފައެވެ.
ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ އެރުވިއެވެ. ކަސްޓަމްސް އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހަތަރު އޮފިސަރަކަށް ލިބުނުއިރު، 20 އަހަރު ޚިދުމަތްކުރި 29 އޮފިސަރަކަށް ރަން ބެޖު އެރުވިއެވެ. މީގެ އިތުރުން ޚިދުމަތުގައި ފާހަގަކޮށްލެވޭ 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް