މައިގަނޑު ބަޔަށް ދާން

ދީން

ޕޫނޭ ކޮލެޖެއްގެ ލިފްޓުގައި 12 ގަޑިއިރު ތާށިވި ދަރިވަރު ސަލާމަތްކޮށްފި

އިންޑިއާގެ ޕޫނޭ ޑިސްޓްރިކްޓުގެ ކޮލެޖެއްގައި ކިޔަވާ 19 އަހަރުގެ އަންހެން ދަރިވަރަކު ކަރަންޓު ކެނޑުމުގެ ސަބަބުން ހުއްޓުނު ލިފްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން ތާށިވެފައި ހުރެފައި ސަލާމަތްކޮށްފިއެވެ.

ޕޫނޭ ކޮލެޖެއްގެ ލިފްޓުގައި 12 ގަޑިއިރު ތާށިވި ދަރިވަރު ސަލާމަތްކޮށްފި

އިންޑިއާގެ ޕޫނޭ ޑިސްޓްރިކްޓުގެ ކޮލެޖެއްގައި ކިޔަވާ 19 އަހަރުގެ އަންހެން ދަރިވަރަކު ކަރަންޓު ކެނޑުމުގެ ސަބަބުން ހުއްޓުނު ލިފްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން ތާށިވެފައި ހުރެފައި ސަލާމަތްކޮށްފިއެވެ.

ލޯނީ ކަލްބޯރުގައި ހުންނަ އެމްއައިޓީ ކޮލެޖުގައި ކިޔަވާ އެ ދަރިވަރު ލިފްޓުގައި ތާށިވީ މިދިޔަ ބުދަ ދުވަހުގެ ހަވީރު ހައެއް ޖެހި ހާއިރު ކްލާސްތައް ނިންމައި ފަސް ވަނަ ފަންގިފިލާއިން ފައިބަނިކޮށް ތަކުރާރުކޮށް ކަރަންޓު ކެނޑުމާ ގުޅިގެންނެވެ. އެ ވަގުތު ކެމްޕަހުގައި އިތުރު ދަރިވަރަކު ނެތުމުން މި ހާދިސާ އެއްވެސް ބައެއްގެ ސަމާލުކަމަށް ނައިސް ދިޔައެވެ.

އެ ރޭ ނުވައެއް ޖެހި ހާއިރު ދަރިވަރުގެ ޢާއިލާއިން ލޯނީ ކަލްބޯރު ޕޮލިސް ސްޓޭޝަނަށް މީހަކު ގެއްލިގެން ރިޕޯޓު ހުށަހެޅިއެވެ. ފުލުހުން ވަގުތުން ބީއެންއެސްގެ ދަށުން ކިޑްނެޕިން މައްސަލައެއް ރެޖިސްޓާކޮށް، ކޮލެޖު ކެމްޕަހާއި ކައިރި ޢިމާރާތްތަކާއި ވަށައިގެންވާ ސަރަޙައްދު ބުރާސްފަތި ދުވަހު ފަތިހު ފަހެއް ޖެހެންދެން ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ގާތްގަނޑަކަށް ހަތެއް ޖެހި ހާއިރު ކޮލެޖު މުވައްޒަފުން ލިފްޓަށް ކަރަންޓު ދިނުމުން ފަސް ވަނަ ފަންގިފިލާގެ ލިފްޓު ތެރެއިން އެ ދަރިވަރު ސަލާމަތުން ފެނުނެވެ. ދަރިވަރު ފެނުމާ އެކު ޢާއިލާއިން ފުލުހުންނަށް އެންގީ އެ މައްސަލައިގައި ދެން ޝަކުވާއެއް ނެތް ކަމަށެވެ.

މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ލިފްޓުގެ ޙާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހޯދުމަށް ފުލުހުން ވަނީ ކޮލެޖަށް ސިޓީ ފޮނުވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.