މައިގަނޑު ބަޔަށް ދާން

ހަބަރު

ޓީމް އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ފައިސަލް ނަސީމާއި އެ މަނިކުފާނުގެ ރަނިންމޭޓް އާދަމް އާޒިމްގެ އަރިހުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ބައްދަލުވުމަކީ މިއީއެވެ. ފައިސަލް އާއި އާޒިމް ވަނީ ރައީސް ސޯލިހްގެ ތާއީދު އެ ބޭފުޅުންނަށް އޮތް ކަމަށް ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ފާޅުގައި އެކަން އަދި އިއުލާނެއް ނުކުރައްވައެވެ.

ގައުމީ މަޖިލީހުގެ މި އިންތިހާބުގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް އިސްވެ ހުންނެވި "ބޮޑު ބަދަލު" ފެކްޝަނުން ވެސް ކެންޑިޑޭޓުން ނެރެފައިވެއެވެ. ފައިސަލް އާއި އާޒިމްގެ ތާއީދާ އެކު "ޓީމް އެމްޑީޕީ" ނަމުގައި ވާދަކުރާ ކެންޑިޑޭޓުންތަކެއް ވެސް މި އިންތިހާބުގައި ހިމެނެއެވެ.

ގައުމީ މަޖިލީހުގެ އިންތިހާބަކީ ޕާޓީގެ ކޮންޓްރޯލް ހޯދުމާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓް ކަށަވަރުކުރުމަށް ދެ ފެކްޝަނަށް ވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.