އީރާނުން ފަސް ޤައުމެއްގެ ކޯޓުތަކުގައި ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާ އުފުލައިފި
އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކުގެ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާއާއި ޔޫރަޕުގެ ހަތަރު ޤައުމެއްގެ ކޯޓުތަކުގައި ފަށާފައިވާ ކަމަށް އީރާނުގެ ނައިބު ރައީސް މަޖީދް އަންސާރީ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކުގެ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާއާއި ޔޫރަޕުގެ ހަތަރު ޤައުމެއްގެ ކޯޓުތަކުގައި ފަށާފައިވާ ކަމަށް އީރާނުގެ ނައިބު ރައީސް މަޖީދް އަންސާރީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރުއެންއޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ޢާއިލާތަކުގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަންސާރީ ވިދާޅުވީ، ޖަސްޓިސް މިނިސްޓްރީއާއި ޚާރިޖީ ވުޒާރާ އަދި ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން ހަމަލާތައް ލިޔެ ރެކޯޑުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ބަދަލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ޖޫންގައި އިސްތިއުމާރީ އިޒްރޭލާ ދެމެދު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައާ ގުޅިގެން އީރާން-އެމެރިކާ ކްލެއިމްސް ޓްރައިބިއުނަލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ކޯޓުތަކުގައި ހަނގުރާމައިގެ ޖަރީމާތައް ސާބިތުކުރުމަކީ ބޮޑު ޤާނޫނީ މަރުހަލާއެއް ކަމަށް ސިފަކުރައްވައި، ހެއްކާއި ލިޔެކިޔުންތައް އެއްކުރުމަށް ބަދަލު ހޯދުމުގެ ނިޒާމެއް ހިންގަމުންދާ ކަމަށް އަންސާރީ ވިދާޅުވިއެވެ. ފިޔަވަޅު އެޅުމުގެ ތައްޔާރީތައް ނިމުމުގެ މަރުހަލާގައި އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންސާރީ ވިދާޅުވީ "ޝަރުޢީ ދާއިރާގެ ވަކީލުންގެ މަރުކަޒުން ވަނީ ޝަހީދުވި 5،000 މީހުންގެ ޢާއިލާތައް ތަމްސީލުކުރުމާ ހަވާލުވެ، މިހާތަނަށް 2،000 އަށް ވުރެ ގިނަ ޝަކުވާ ދާޚިލީ ކޯޓުތަކަށް ހުށަހެޅިފައި" ކަމަށެވެ. ރައީސް މަސްޢޫދު ޕެޒެޝްކިއާން ވެސް މި ދައުވާތައް ކުރިއަށް ގެންދިއުމުގެ އެންގުންތައް އައު ކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާ ދިނުމުން، ތެހެރާނުން ވަނީ އިސްތިއުމާރީ އިޒްރޭލަށާއި ޢަރަބި ޤައުމުތަކުގައި ހުރި ކަމަށް ސިފަކުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ރައްދު ހަމަލާ ދީފައެވެ. ޖޫންގައި ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭ ޚިޔާލު ތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ތަންފީޒުކުރުން ހުއްޓި، ޖުލައިގައި ދެ ފަރާތުގެ ކުރިމަތިލުން އަލުން ހޫނުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް