މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ކެރެޓުގެ އަގު ބޮޑުވީ ސަޕްލައި މައްސަލައަކުން - އެސްޓީއޯއިން ކިލޯއެއް 40 ރުފިޔާއަށް ލިބޭނެ

ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އުފުލިފައިވަނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސަޕްލައި މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ މިހާރު ކްލިއާ ކުރެވިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުވުމުން ބާޒާރުގައި ކެރެޓު ބޮޑު އަގުގައި ނުވިއްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވެ ލިބުން ދަތިވެފައި ވީ ނަމަވެސް، އެސްޓީއޯއިން ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަދު ވެސް އެސްޓީއޯއިން އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކެރެޓުގެ އަގާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.