މައިގަނޑު ބަޔަށް ދާން

ހަބަރު

އުމްރާގެ ނަމުގައި 109 މީހެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ. އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދެއްކި ކަމާއި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ 2،660،300 ރުފިޔާއަށް އަރައެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މި އަހަރުގެ ޖުލައި 16 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.