2027 ވަނަ އަހަރުގެ ބަޖެޓު ކޮމިޓީ ރިޕޯޓަށް 23 އިސްލާހެއް - ތަޅުމުގެ ބަހުސް ފަށައިފި
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް 23 އިސްލާހެއް ހުށަހެޅިފައިވާ އިރު، އެ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ފަށައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް 23 އިސްލާހެއް ހުށަހެޅިފައިވާ އިރު، އެ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ފަށައިފިއެވެ.
ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިފައެވެ. ރިޕޯޓަށް 23 އިސްލާހެއް ލިބިފައިވާ ކަން މަޖިލީހުގެ ރައީސް ހާމަކުރެއްވި ނަމަވެސް، އެ އިސްލާހުތައް ގުޅެނީ ކޮން ކަންކަމަކާ ކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ. މި މަރުހަލާގެ ބަހުސަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ވަގުތެއް ދިނުމަށް އާންމު ކޮމިޓީން ނިންމައިފައިވެއެވެ.
ބަހުސްގައި ވާހަކަދެއްކެވި މެންބަރުން ވަނީ ބަޖެޓާ މެދު ހެޔޮ ބަސް ވިދާޅުވެފައެވެ. ބަޖެޓުގައި އިޤުތިޞާދީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ އަދި މަސްވެރިކަމަށް 657 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަން ފާހަގަކުރައްވައި، ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ރައްކާތެރިކަމާއި ދަތުރުފަތުރާއި އަސާސީ ޚިދުމަތްތަކަށް ވެސް ބޮޑެތި ޢަދަދުތަކެއް ހިމެނިފައިވާ ކަމަށް މެންބަރު މުފީދު ވިދާޅުވިއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ބަޖެޓުގައި ގޯސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، 2027 ވަނަ އަހަރު ރައްޔިތުންނަށް ކުރާ ފައިދާ މި އަހަރަށް ވުރެ ބޮޑުވާނެ ކަމަށެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ ރަށްރަށުގައި ފެށިފައި ހުރި މަޝްރޫޢުތައް ނިންމުމަށް ޕީއެސްއައިޕީ ބަޖެޓުގައި އިސްކަންދީފައިވާ ކަމަށެވެ.
2027 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާ އިރު، އެއީ ހިނގަމުންދާ އަހަރާ އަޅައިބަލާ ނަމަ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް