މައިގަނޑު ބަޔަށް ދާން

ހަބަރު

ކަސްޓަމްސްގެ 136 ވަނަ އަހަރީ ޖަލްސާ - އިޖުރާއަތްތައް ލުއިކުރުމަށް ގޮވާލައިފި

ވިލުންތެރި އިޤުތިޞާދެއް ބިނާކުރުމަށް ކަސްޓަމްސްގެ އިޖުރާއަތްތައް ލުއިފަސޭހަކޮށް ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުން ކޮންމެހެން ބޭނުންތެރިކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 136 ވަނަ އަހަރީ ޖަލްސާ - އިޖުރާއަތްތައް ލުއިކުރުމަށް ގޮވާލައިފި

ވިލުންތެރި އިޤުތިޞާދެއް ބިނާކުރުމަށް ކަސްޓަމްސްގެ އިޖުރާއަތްތައް ލުއިފަސޭހަކޮށް ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުން ކޮންމެހެން ބޭނުންތެރިކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ 1890 ވަނަ އަހަރުން ފެށިގެން ބޯޑަރު ބެލެހެއްޓުމާއި އިމްޕޯޓް އެކްސްޕޯޓުގެ ޒިންމާ އުފުލަމުން އައި އެ މުއައްސަސާގެ ދައުރު މިހާރު އެތައް ގޮތަކުން ފުޅާވެފައިވާ ކަމަށެވެ. ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ދިރިއުޅުމާއި އިޤުތިޞާދީ ހަމަޖެހުމާ ކަސްޓަމްސް ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ވިޔަފާރިތަކަށް ޚާއްޞަ ލުއި އިންތިޒާމުތައް ހަމަޖެއްސުމަކީ މައިގަނޑު އެއް އަމާޒުކަމަށް ވެސް ވިދާޅުވިއެވެ.

އެ ޖަލްސާގައި ދިޔާނާ ހާމަކުރެއްވި ގޮތުގައި މި އަހަރު މިހާތަނަށް 168 ކިލޯގެ މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު 47 މިލިޔަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވެއެވެ. ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން 121،000 އަށް ވުރެ ގިނަ ވޭޕާއި އެއާ ގުޅޭ ތަކެތި ހިފަހައްޓައިފައިވެއެވެ. ކާމިޔާބީ ވަޒަންކުރެވެނީ ހަމައެކަނި އަތުލައިގަންނަ ތަކެތީގެ ޢަދަދަކުން ނޫން ކަމަށާއި، މުޖުތަމަޢުގެ ސަލާމަތް ދެމެހެއްޓުމަކީ އެންމެ ބޮޑު ކާމިޔާބީ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށްޓަކައި ރިސްކް މެނޭޖްމަންޓް އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހައި-ރިސްކް ޝިޕްމަންޓުތައް ޕްރޮފައިލްކޮށް ބަލައި ފާސްކުރުން އިތުރަށް ވަރުގަދަކޮށްފައިވޭ. މީގެ ތެރޭގައި މުދާ ޝިޕްމަންޓުތައް ޕްރޮފައިލް ކުރުމާއި، ޓާގެޓިންގ ހަރުދަނާ ކުރުމަށް ވީއައިއޭގައި އެއަރ ކާގޯ ކޮންޓްރޯލް ޔުނިޓެއް ވަނީ ގާއިމުކޮށްފައި. އަދި ވައިގެ މަގުން ރާއްޖެއަށް ގެންނަ ހުރިހާ މުދަލަކީ އެކްސްރޭ ކުރުމަށްފަހު ނޫނީ ދޫނުކުރެވޭ ތަކެތި ކަމުގައި ހަމަޖައްސައި، ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްއާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވޭ،" ދިޔާނާ ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުން ވީއައިއޭ މެދުވެރިކޮށް ވައިގެ މަގުން ގެންނަ މުދާ ކްލިއަރކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށާއި، ކަނޑުމަގުން ރާއްޖެއަށް ގެނެސް ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް އޮންލައިންކޮށް ހުށަހެޅޭ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއިން ބޭރުގެ 73 ޕްރޮގްރާމެއްގައި 172 މުވައްޒަފުން އަދި ރާއްޖޭގައި ހިންގި 49 ޕްރޮގްރާމެއްގައި 345 އޮފިސަރުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.