މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސައްދާމްގެ ދެ ބޮއިންގް 747 — ތޫނިސްގައި 35 އަހަރު ބެހެއްޓުމަށް ފަހު ނީލަމަށް

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި ބޭނުންކުރި ޚާއްޞަ ދެ މަތިންދާބޯޓު 1.8 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކައިލުމަށް އިރާގުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އިޢުލާންކޮށްފިއެވެ.

ސައްދާމްގެ ދެ ބޮއިންގް 747 — ތޫނިސްގައި 35 އަހަރު ބެހެއްޓުމަށް ފަހު ނީލަމަށް

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި ބޭނުންކުރި ޚާއްޞަ ދެ މަތިންދާބޯޓު 1.8 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކައިލުމަށް އިރާގުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އިޢުލާންކޮށްފިއެވެ.

ވިއްކައިލަން ހަމަޖެހިފައިވާ ދެ ބޯޓަކީ ވެސް ބޮއިންގް 747 މަރުކާގެ ބޯޓެވެ. އެއް ބޯޓަކީ ސައްދާމް ހުސައިންގެ ރަސްމީ ދަތުރުތަކަށް ޚާއްޞަކޮށް، އެތެރެ ވީއައިޕީ ފެންވަރަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ދެ ބޯޓު ތޫނިސްއަށް ގެންގޮސްފައިވަނީ 1990 ވަނަ އަހަރު އިރާގުން ކުވެއިތަށް އެރުމާ ގުޅިގެން، އެމެރިކާގެ ހަމަލާތަކުން ރައްކައުތެރިކުރުމަށެވެ. އޭގެ ފަހުން ފާއިތުވި 35 އަހަރު ދެ ބޯޓު ވެސް އޮތީ އަނބުރައި ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަހައްދުގައިވާ އެއާޕޯޓެއްގައެވެ.

މި ނީލަމުގައި ކޮންމެ ބޯޓެއްގެ އަގު 900,000 ޑޮލަރަށް ކަނޑައަޅާފައިވާ އިރު، 2023 ވަނަ އަހަރު މި ބޯޓުތައް ވިއްކައިލަން ކުރި މަސައްކަތް ކާމިޔާބެއް ނުވެއެވެ. މިފަހަރު ބޯޓުތަކުގެ އަގު ކުރީ ފަހަރާ އަޅައިބަލާ އިރު 82 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް އިރާގު ސަރުކާރުން ބުނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ބޯޓުގެ އަގުގެ 20 އިންސައްތަ ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ސަރުކާރުން ބުނެއެވެ.

ގަންނަ ފަރާތުން ބޯޓު ހަވާލުވާން ޖެހޭނީ މިހާރު އޮތް ހާލަތުގައި ކަމަށާއި، ބޯޓު އުފުލުމާއި މިލްކުވެރިކަން ބަދަލުކުރުމުގެ އެންމެހައި ޚަރަދެއް ހަމަޖައްސަން ޖެހޭނީ ވެސް ގަންނަ ފަރާތުން ކަމަށް އިރާގު ސަރުކާރުން ބުނެއެވެ. ދީނާރުގެ އަގު ވެއްޓެމުންދާ މި ދަނޑިވަޅުގައި ބޭނުންނުކޮށް ގިނަ ދުވަސްވީ މި ބޯޓުތައް ވިއްކައިލުމަކީ އިރާގަށް މާލީ ގޮތުން ލުޔެއް ލިބޭނެ ކަމެއް ކަމަށާއި، ތޫނިސް އެއާޕޯޓަށް ދައްކަމުން އައި ބެލެހެއްޓުމުގެ ފީތައް ވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.