ޔޫކްރެއިނުގެ ޑްރޯން ހަމަލާއެއްގައި ލީބިޔާ ކައިރީ އޮތް ރަޝިޔާގެ ހަނގުރާމަމަތީ އުޅަނދެއް ފައްތާލައިފި
ލީބިޔާގެ ބެންޣާޒީ ބަނދަރު ކައިރީ ބަނދަރުކޮށްގެން އޮތް ރަޝިޔާގެ ހަނގުރާމަމަތީ އުޅަނދަކަށާއި މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ކަނޑުގެ ޑްރޯން ހަމަލާދީ، ހަނގުރާމަމަތީ އުޅަނދު ފައްތާލާފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ބުނެފިއެވެ.
ލީބިޔާގެ ބެންޣާޒީ ބަނދަރު ކައިރީ ބަނދަރުކޮށްގެން އޮތް ރަޝިޔާގެ ހަނގުރާމަމަތީ އުޅަނދަކަށާއި މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ކަނޑުގެ ޑްރޯން ހަމަލާދީ، ހަނގުރާމަމަތީ އުޅަނދު ފައްތާލާފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ބުނެފިއެވެ.
ޒެލެންސްކީ އެކްސްގައި ލިޔެފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ޔޫކްރެއިނުގައި އުފެއްދި ހަތް ކަނޑުގެ ޑްރޯން ބޭނުންކޮށްފައިވެއެވެ. ރަޝިޔާއިން ހަމަލާ ހުއްޓުވުމަށް މަސައްކަތްކުރި ނަމަވެސް، 2023 ގައި ޚިދުމަތަށް ނެރުނު އެ ހަނގުރާމަމަތީ އުޅަނދު ފައްތާލެވުނު ކަމަށް ޒެލެންސްކީ ބުންޏެވެ. އެ އުޅަނދުގައި އޮތް ކާ 27 މަރުކާގެ ހަނގުރާމަމަތީ ހެލިކޮޕްޓަރެއް ވެސް މި ހަމަލާގައި ހަލާކުވެފައިވެއެވެ.
މި ހަމަލާ ކުށްވެރިކޮށް ލީބިޔާގައި ހަރަކާތްތެރިވާ އދ. ގެ މިޝަން (ޔޫއެންއެސްއެމްއައިއެލް) އިން ވަނީ "ވަގުތުން މިނިވަން އަދި ދެފުށް ފެންނަ ތަޙުޤީޤެއް" ހިންގުމަށް ގޮވައިލައިފައެވެ. ބޭރު ޤައުމުތަކުގެ ހަމަނުޖެހުންތަކުގެ މައިދާނަކަށް ލީބިޔާ ހެދުމަށް ޖާގަ ނެތް ކަމަށް އެ މިޝަނުން ބުނެފައިވެއެވެ.
ލީބިޔާ ސަރަޙައްދުގައި މި ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ހޮނިހިރު ދުވަހު ފިންލެންޑުގެ ކަނޑުގެ ސަރަޙައްދާ ކައިރީ ބޯލްޓިކް ކަނޑުގައި އޮތް ރަޝިޔާގެ ކާގޯ ބޯޓަކަށް ވެސް ޔޫކްރެއިނުގެ ޑްރޯން ހަމަލާއެއް އެރި ކަމަށް ފިންލެންޑުގެ ބޯޑާ ގާޑުން ބުނެފައިވެއެވެ. ހަނގުރާމައިގެ ރޮނގުތަކާ ދުރުގައިވާ ރަޝިޔާގެ އަމާޒުތަކަށް ޔޫކްރެއިނުން ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް