ހ. އުނިޔާގެއިން ރޯވި އަލިފާނުގައި ހަތަރު ފަންގިފިލާއަކަށް ގެއްލުންވެ 23 މީހަކު ހާލުގައި ޖެހިއްޖެ
ހ. އުނިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތުގެ ހަތަރު ފަންގިފިލާއަކަށް އެކިވަރުގެ ގެއްލުން ލިބި، އެތަނުގައި ދިރިއުޅުނު 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.
ހ. އުނިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތުގެ ހަތަރު ފަންގިފިލާއަކަށް އެކިވަރުގެ ގެއްލުން ލިބި، އެތަނުގައި ދިރިއުޅުނު 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ އިމާރާތުގެ ތިން ވަނަ، ހަތަރު ވަނަ، ފަސް ވަނަ އަދި ހަ ވަނަ ފަންގިފިލާއަށް ވަނީ ގެއްލުންވެފައެވެ. އަލިފާނުގައި އެ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންގެ ގިނަ ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ.
އެންޑީއެމްއޭ އިން ވަނީ ހާލުގައި ޖެހުނު 23 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީ ވެސް ފޯރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް