މައިގަނޑު ބަޔަށް ދާން

ވިޔަފާރި

އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޕެންޝަނާއި މާލީ ހުނަރު ދަސްކޮށްދޭ ސެޝަނެއް ބާއްވައިފި

ވިޔަފާރިކުރާ އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޚާއްޞަކޮށް، ރިޓަޔަރމަންޓަށް ތައްޔާރުވުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ޕެންޝަން އޮފީހާއި ބީސީސީ ގުޅިގެން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޕެންޝަނާއި މާލީ ހުނަރު ދަސްކޮށްދޭ ސެޝަނެއް ބާއްވައިފި

ވިޔަފާރިކުރާ އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޚާއްޞަކޮށް، ރިޓަޔަރމަންޓަށް ތައްޔާރުވުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ޕެންޝަން އޮފީހާއި ބީސީސީ ގުޅިގެން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނުގައި 20 ފަރާތަކުން ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ގައި މަސައްކަތްތެރިން ބައިވެރިވާ ނިސްބަތް މައްޗަށް ޖެއްސުމުގެ އަމާޒުގައި ހިންގި މި ހަރަކާތުގައި ވިޔަފާރީގެ ހިސާބު ބެލެހެއްޓުމާއި، އައު ވިޔަފާރީގެ ފުރުޞަތުތައް ފާހަގަކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.

ބަޖެޓު ތައްޔާރުކުރުމާއި ރަނގަޅު މާލީ އާދަތައް ހަރުލެއްވުމާއި ދިގު މުއްދަތުގެ މާލީ ރައްކާތެރިކަމަށް ދުރާލައި ރޭވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ސެޝަނުގައި އަލިއަޅުވައިލެވުނެވެ. އެއާ އެކު، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިޚުތިޔާރީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރެވެން ހުރި ގޮތްތަކާއި، ޕެންޝަން އޮފީހުގެ މޮބައިލް އެޕް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރުއެސްއޭ) ގެ ތަފްސީލް ބެލޭނެ ގޮތުގެ މަޢުލޫމާތު ވެސް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

ޕެންޝަން ސްކީމުގައި ބައިވެރިވުމުގައާއި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ވެސް ކުރެވުނެވެ. މި ޕްރޮގްރާމަކީ ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ގެނައުމަށް ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.