ހ. އުނިހިޔާގައި ރޯވި އަލިފާންގަނޑު ގަޑިއެއްހާ އިރުން ނިއްވާލައިފި
ހ. އުނިހިޔާގެ ތިން ވަނަ ފަންގިފިލާގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ޢިމާރާތުގެ ހަތަރު ފަންގިފިލާއަކަށް ގެއްލުން ލިބި، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ހ. އުނިހިޔާގެ ތިން ވަނަ ފަންގިފިލާގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ޢިމާރާތުގެ ހަތަރު ފަންގިފިލާއަކަށް ގެއްލުން ލިބި، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް މި ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރުފަހު 15:12 ހާއިރުއެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ މަސައްކަތުން 16:19 ހާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަލިފާނުގެ އަސަރު ތިން ވަނަ ފަންގިފިލާގެ އިތުރުން ހަތަރު ވަނަ، ފަސް ވަނަ އަދި ހަ ވަނަ ފަންގިފިލާއަށް ވެސް ކޮށް، އެކި މިންވަރަށް ގެއްލުން ލިބިފައިވެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެ ޢިމާރާތުގައި ދިރިއުޅޭ 20 ބޮޑެތި މީހުންނާއި ތިން ކުޑަކުދިން ހިމެނޭ ގޮތަށް 23 ފަރާތަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީ ވެސް ފޯރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް