މައިގަނޑު ބަޔަށް ދާން

ހަބަރު

ދޯނި ބަންޑުން ޖަހާލައި ގެއްލުނު ސިފައިންގެ މީހާ ނިޔާވިކަމަށް ކަނޑައަޅައިފި

މިދިޔަ އޮގަސްޓު މަހު ގއ. އަތޮޅު ކަނޑުތެރޭގައި ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެމްއެންޑީއެފްގެ އޮފިސަރު އިބްރާހިމް އަހުމަދު ނިޔާވިކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކަށު ނަމާދު ކުރަން ނިންމައިފިއެވެ.

އެ ހާދިސާ ހިނގީ ތ. މަޑިފުށިން ގއ. އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވާން ފެށުމުން، ދޯނި ހިއްކުމުގެ މަސައްކަތުގައި ރަސްމީ ޑިއުޓީގައި ހުއްޓައެވެ. ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔައިރު އިބްރާހިމް އަހުމަދު ހުރީ ދޯނި ތެރޭގައެވެ.

މި ހާދިސާގައި ފުލުހަކާއި އެ ދޯނީގެ ކެޕްޓަން ވެސް ގެއްލުނެވެ.

ކަށު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތުގައެވެ. މާތް ﷲ އިބްރާހިމް އަހުމަދަށް ރަޙްމަތް ލައްވާށިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.