ނިއުކްލިއާ ވޯހެޑް އުފުލެވޭ ސެޓެލައިޓެއް މިއަހަރު ޖައްވަށް ފޮނުވުމަށް ރަޝިޔާ ތައްޔާރުވަނީ
ނިއުކްލިއާ ވޯހެޑެއް އުފުލުމުގެ ޤާބިލުކަން ހުރި ސެޓެލައިޓެއް މިއަހަރު ނިމުމުގެ ކުރިން ޖައްވަށް ފޮނުވުމުގެ މަސައްކަތް ރަޝިޔާއިން ކުރަމުންދާ ކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާތަކުގެ އެސެސްމެންޓާ ހަވާލާދީ ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ނިއުކްލިއާ ވޯހެޑެއް އުފުލުމުގެ ޤާބިލުކަން ހުރި ސެޓެލައިޓެއް މިއަހަރު ނިމުމުގެ ކުރިން ޖައްވަށް ފޮނުވުމުގެ މަސައްކަތް ރަޝިޔާއިން ކުރަމުންދާ ކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާތަކުގެ އެސެސްމެންޓާ ހަވާލާދީ ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޖަރުމަނުގެ ނޫސް އިދާރާތަކެއް ގުޅިގެން ހިންގި ތަޙުޤީޤަކުން އެނގުނު ގޮތުގައި، ސްޕަޓްނިކް-އެސް ގެ ނަމުން ނަންދީފައިވާ މި ސެޓެލައިޓް އެތައް އަހަރެއް ކުރިން ފުރިހަމައަށް ރާވައި ޖޮއިންޓުކޮށް، މޮސްކޯ ސަރަޙައްދެއްގައި ރައްކާކޮށްފައި އޮތެވެ. ބާލިންގައި ހުންނަ ރަޝިޔާ އެމްބަސީން ވަނީ މި ތުހުމަތުތައް "އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ބުނެ ދޮގުކޮށްފައެވެ. މިފަދަ ޖައްވީ ހަތިޔާރެއް ރަޝިޔާއިން ތަރައްޤީކުރަމުންދާ ކަމަށް އެމެރިކާގެ ދިފާޢީ ޖާސޫސީ އިދާރާއިން ވެސް މިދިޔަ މަހު ބުނެފައިވެއެވެ.
މި ރިޕޯޓުތައް ހާމަވެފައި ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ގުޅޭ ގޮތުން ރަޝިޔާގެ ވެރިންގެ ބަސްމަގު ހޫނުވަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޗެއާމަން ދިމީތްރީ މެދްވެދެފް ވަނީ މޮސްކޯ ޖާނަލް އޮފް އިންޓަނޭޝަނަލް ލޯ ގައި ޝާއިޢުކުރި މަޒުމޫނެއްގައި، ބައިނަލްއަޤުވާމީ ޤާނޫނުގެ ތެރެއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވިދާނެ ޙާލަތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
1996 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ލަފާ ރައުޔަށް ހަވާލާދީ މެދްވެދެފް ބުނީ "ބައިނަލްއަޤުވާމީ ޤާނޫނުން ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތެއް، އެ ދައުލަތުގެ ދެމިއޮތުމަށް ޓަކައި - އެ ދައުލަތެއްގެ އަތުގައި ހުރި އެންމެ ބާރުގަދަ ދިފާޢީ ވަސީލަތް ބޭނުންކުރުން - މަނައެއް ނުކުރެއެވެ" ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެ ފަދަ ޙާލަތެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ކުށެއް ނުވަތަ ޤާނޫނީ ނިޒާމާ ޚިލާފު ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ޖައްވުގައި ނިއުކްލިއާ ހަތިޔާރުގެ ރޭހެއް ހުއްޓުވުމަށް 2024 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރެއް ރަޝިޔާއިން ވީޓޯ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް