Newscast
ކުޅިވަރު

ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ރުއްދަން ސްޕޯޓްސް ކްލަބު ހޯދައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 08 Jul 2026
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ރުއްދަން ސްޕޯޓްސް ކްލަބު ހޯދައިފި
ޗެމްޕިއަންކަން ހޯދި ޓީމް ތަށި އުފުލާލަނީ

މުބާރާތުގެ ޗެމްޕިއަންކަން ރުއްދަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗްގައި ޑްރީމްސް އެފްސީ އާ ދެކޮޅަށް ކުޅުނު މެޗް 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. 

ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1447" ގެ ޗެމްޕިއަންކަން ރުއްދަށް ސްޕޯޓްސްއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރުއްދަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗްގައި ޑްރީމްސް އެފްސީ އާ ދެކޮޅަށް ކުޅުނު މެޗް 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ރުއްދަން އެސްސީންނެވެ. މެޗް ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހާރޫން އިބްރާހީމެވެ. ރުއްދަން އިން ލީޑް ނަގާފައި ވަނިކޮށް، ޑްރީމް އެފްސީގެ ޢަބްދުﷲ ޒާން ވަނީ 19 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްދީފައެވެ. އަދި އޭގެ އެންމެ މިނެޓެއް ފަހުން ޑްރީމް އެފްސީގެ ޝަހްނީމް މޫސާ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑް ނަގައިދިނެވެ.

ނަމަވެސް ރުއްދަން އެސްސީ ހިތްވަރު އެލުވައެއް ނުލައެވެ. ޑްރީމް އެފްސީ ކުރީގައި އޮއްވައި ރުއްދަން އެސްސީން ވަނީ ނަތީޖާ އަނބުރާލައި، 3-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައެވެ. ރުއްދަންއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 22 ވަނަ މިނެޓް ތެރޭގައި ހާރޫނެވެ. އަދި ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ އަޔާޒް އަހުމަދެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީވެސް އަޔާޒެވެ.

މިފަހަރު ބޭއްވި "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1447" ގެ ތަށި ރުއްދަން ސްޕޯޓްސް ކްލަބް ހޯދިއިރު، މިދިޔަ ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މައިދާން ސްޕޯޓްސް ކްލަބެވެ. މިފަހަރުގެ މުބާރާތުގެ ސެމީފައިނަލަށް މައިދާން ދަތުރުކުރިއިރު، އެމީފައިނަލުގައި އެޓީމް ބައްދަލުކުރީ ރުއްދަން ސްޕޯޓްސް ކްލަބާއެވެ.

ފައިނަލް މެޗް ނިމުމުން ވަނީ ޗެމްޕިއަން ޓީމަށް ތައްޓާއި އަދި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އެކަމުގެ އެވޯޑް ހަވާލުކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ވާދަކޮށްފައެވެ. މިފަހަރުގެ މުބާރާތުގެ ވަނަތައް ހޯދި ޓީމްތަކަށް ކަނޑައެޅި އިނާމްތަކަށް ބަލާއިރު، ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ، އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތް އިންތިޒާމްކުރި ބްރަދާސް އެކަޑަމީއަކީ ކުޑަހުވަދޫގައި ކުޅިވަރު ކުރިއެރުވުމަށް މިހާރު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ވަރަށް ހިންގުންތެރި އެކަޑަމީއެކެވެ. އެގޮތުން މިހާރު ވެސް އެއެކަޑަމީގެ ފަރާތުން އަންނަނީ ކުޑަހުވަދޫގައި ފުޓްބޯޅަ އަދި ފުޓްސަލްގެ އިތުރުން އަންހެން ހޭންޑްބޯޅަ ވައިޑީޕީ ޕްރޮގްރާމް ހިންގަމުންނެވެ. 

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ދުނިޔެ 22 Aug 2026

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހަބަރު 22 Aug 2026

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.