Newscast
ހަބަރު

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 17 Aug 2026
ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހުވަދޫ ކަނޑުން އެމްއެންޑީއެފްއިން ބެލި ސަރަހައްދު؛ ފޮޓޯ / އެމްއެންޑީއެފް

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

ގއ. ކުޑަލަފަރީ ކައިރިން ފެތުނު ފްރެންޑް 4 ސަޕްލައި ދޯނީގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލި ނަމަވެސް އެ މީހުންގެ ހިލަމެއް ނުވެ ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

ގެއްލުނު ތިން މީހުން ހޯދުމަށް ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯން ބޭނުންކޮށްފައިވެއެވެ. އެއީ އިންފްރާރެޑް ސެންސަރު މެދުވެރިކޮށް ރޭގަނޑު ވެސް ކަނޑުމަތީގައި އެއްޗެއް އޮތްތޯ ދެނެގަނެވޭ ޑްރޯނެކެވެ. ހަމައެއާ އެކު މޯލްޑިވިއަން އެއާކްރާފްޓާއި އޮސްޓްރޭލިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ކޯސްޓްގާޑް ޝިޕް އިމާދުއްދީންގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ވެސް ވަނީ މި ހޯދުމުގެ މަސައްކަތުގައި ބޭނުންކޮށްފައެވެ. ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައި އޮޔާ ގޮސްދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ލާމު އަތޮޅާއި ގއ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބެލިފައެވެ.

ދިވެހި ސަރުކާރުގެ އެދުމަކަށް އެމެރިކާ ސަރުކާރުން ވެސް ވަނީ މި ހޯދުމުގެ މަސައްކަތަށް އެހީ ފޯރުކޮށްދީފައެވެ. އެ ގޮތުން ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އާއި ސަވައިލެންސަށް ޚާއްޞަ އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓަކުން 6,300 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ހިމެނޭ ގޮތަށް މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު ވަނީ ބެލިފައެވެ. ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވީ ފަހުން އިއްޔެ އެކަނި ވެސް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލާއި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބެލުމުގެ އިތުރުން ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭ 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވެސް ވަނީ ބެލިފައެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ފެތުނު ސަރަޙައްދު 1,600 މީޓަރަށް ވުރެ ފުން ކަމަށް ބެލެވޭ ކަމަށާއި މިއީ އިންސާނުންނަށް ޑައިވްކޮށްގެން ދެވޭނެ ފުންމިނެއް ނޫން ކަމަށެވެ. އެ ފުންމިނަކީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ކޮންވެންޝަނަލް އަދި ނިއުކްލިއާ ސަބްމެރީން ވެސް އޮޕަރޭޓްކުރެވޭ ފުންމިނެއް ނޫން ކަމަށް ވެސް އެ ފޯސް އިން ބުނެފައިވެއެވެ. ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތާއި މިހާތަނަށް ކުރި ހުރިހާ މަސައްކަތަކަށް ރިޢާޔަތްކުރާ އިރު ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްގެ ޑޭޓާ ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
ހަބަރު 17 Aug 2026

އެމްޓީސީސީގެ ޓެކްސީ އެޕްގެ ޑޭޓާ ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ރައްކާކޮށްފައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް އެ ސިސްޓަމުގެ ސްކްރީން ޝޮޓް ނެގުމަށް ފަހު ބޭރަށް ލީކުކޮށްލީ އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފެކެވެ.