ޓޫރިޒަމް މިނިސްޓްރީން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި
މި މަޝްރޫޢުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ތިން ތަނެއްގައި ހަލާލް ޓޫރިޒަމަށް ޚާއްޞަ ރިސޯޓު ތަރައްޤީކުރުމެވެ. އެގޮތުން ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅެއް ލ. ފޮނަގާދޫން 8.18 ހެކްޓަރު އަދި ސ. ދޮންހެރައިން 10.23 ހެކްޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ. މަކުނުދޫ ފަރުގައި 150 އެނދު ހިމެނޭ ރިސޯޓެއް ހެދުން ލާޒިމުވާއިރު އަނެއް ދެ ތަނުގައި މަދުވެގެން 100 އެނދު ބޭނުންވެއެވެ.
ހަ އަތޮޅެއްގެ 15 ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން އިއްޔެ ހުޅުވާލައިފިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ތިން ތަނެއްގައި ހަލާލް ޓޫރިޒަމަށް ޚާއްޞަ ރިސޯޓު ތަރައްޤީކުރުމެވެ. އެގޮތުން ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅެއް ލ. ފޮނަގާދޫން 8.18 ހެކްޓަރު އަދި ސ. ދޮންހެރައިން 10.23 ހެކްޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ. މަކުނުދޫ ފަރުގައި 150 އެނދު ހިމެނޭ ރިސޯޓެއް ހެދުން ލާޒިމުވާއިރު އަނެއް ދެ ތަނުގައި މަދުވެގެން 100 އެނދު ބޭނުންވެއެވެ.
ހަލާލް ރިސޯޓުތަކުގައި ރަލާއި އޫރުމަސް ވިއްކުން މަނާވާނެއެވެ. ހަމައެހެންމެ ހަލާލް ސެޓްފިކެޓް ލިބިފައިވާ ކެއުންތައް ފޯރުކޮށްދިނުމާއި އަންހެނުންނާއި ފިރިހެނުންނަށް ވެލްނެސް ޚިދުމަތް ވަކިން ދިނުމާއި މުވައްޒަފުންނާއި ފަތުރުވެރިންނަށް ދެ މިސްކިތް ބިނާކުރުން ލާޒިމުކޮށްފައިވެއެވެ.
ހަލާލް ރިސޯޓުތަކުގެ އިތުރުން ހއ. މާދުނި ފަރުން ތިން ފަޅެއް ހދ. މަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅެއް އަދި ށ. ގޮނާ ފަރުން ތިން ފަޅެއް ހިމެނޭހެން ޖުމްލަ 10 ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް ވެސް ވަނީ އިޢުލާންކޮށްފައެވެ. މި ކޮންމެ ފަޅެއްގެ ބޮޑުމިނަކީ 200 ހެކްޓަރެވެ. ކޮންމެ ތަނެއްގައި 150 އެނދުގެ ރިސޯޓެއް ހެދުން ޝަރުޠުކޮށްފައިވާއިރު ލީސް އެކިއުޒިޝަން ކޮސްޓް ކަނޑައެޅިފައިވަނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގެ ރޭންޖެއްގައެވެ.
ށ. ނަލަންދޫ އާއި ނ. ފަރުމުލީގައި ވެސް ރިސޯޓު ހެދުމަށް ވަނީ ބީލަމަށް ހުޅުވާލައިފައެވެ. ނަލަންދޫއަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ މާލީ ޤާބިލުކަން 10 މިލިޔަން ޑޮލަރަށް ހުރުން ޝަރުޠުކޮށް 200 އެނދުގެ ރިސޯޓެއް ހެދުން ލާޒިމުކޮށްފައިވެއެވެ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރެވެ. އެ ރަށުގައި 150 އެނދުގެ ރިސޯޓެއް ހެދުމަކީ ޝަރުޠެކެވެ. ނަލަންދޫގައި ރިސޯޓު ހެދުމަށް ނިމިދިޔަ ސަރުކާރުގައި ތިން ފަހަރު އިޢުލާންކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
ސަރުކާރުން ވަނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ވެސް ހަމަޖައްސައިފައެވެ. ޢާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީގެ 15 ޕަސެންޓު ލުޔެއް ލިބޭއިރު ހަލާލް ރިސޯޓުތަކަށް 20 ޕަސެންޓުގެ ލުޔެއް ދިނުމަށް ނިންމާފައިވެއެވެ. މި ހުރިހާ ތަންތަން ކުއްޔަށް ދެނީ 50 އަހަރަށް ކަމަށް ވާއިރު ރިސޯޓު ތަރައްޤީކުރުމަށް ތިން އަހަރުގެ މުހުލަތެއް ކަނޑައެޅިފައިވެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ބަންދުވާނީ ނޮވެމްބަރު 17 އާއި 23 އާ ދެމެދުގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް