ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެ މަޤުބޫލު މަންޒިލަކަށް ވެފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެ
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ތަރައްޤީއަށް އިސްކަންދޭ ސިޔާސަތުތަކުގައި ދެމިތިބުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަޖައަށް ރާއްޖެ ވާސިލުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިސްރާބުގައި އިންވެސްޓަރުންނަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ފާއިތުވި 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޮރިން އިންވެސްޓްމަންޓް ޤާނޫނު އިސްލާޙުކުރެވިފައިވާ ކަމަށާއި އެ ޤާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އަދި އިތުބާރު ހުރި އޮނިގަނޑެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށް ވެސް އިންވެސްޓްމަންޓުގެ ދާއިރާގައި ވާދަކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ފޯރަމްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންވެސްޓްމަންޓުގެ ބާޒާރުގައި ރާއްޖެއަކީ މިހާރު މަޤުބޫލު މަންޒިލެއް ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ތަރައްޤީއަށް އިސްކަންދޭ ސިޔާސަތުތަކުގައި ދެމިތިބުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަޖައަށް ރާއްޖެ ވާސިލުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިސްރާބުގައި އިންވެސްޓަރުންނަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ފާއިތުވި 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޮރިން އިންވެސްޓްމަންޓް ޤާނޫނު އިސްލާޙުކުރެވިފައިވާ ކަމަށާއި އެ ޤާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އަދި އިތުބާރު ހުރި އޮނިގަނޑެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށް ވެސް އިންވެސްޓްމަންޓުގެ ދާއިރާގައި ވާދަކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކަށް ވާދަކުރުމާއި ބައިވެރިވުމާއި އަދި ކުރިއެރުމުގެ ފުރުޞަތު އޮތުމަކީ އަޅުގަނޑުމެންގެ ސާފު ސިޔާސަތެއް. އެހެންކަމުން ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަރުޙަބާ ކިޔާކަމެއް. ހާއްޞަކޮށް ޑިޖިޓަލް އިގުތިޞާދާއި މާލީ ޚިދުމަތްތަކާއި އިއާދަކުރަނިވި ހަކަތައާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި ޞިއްޙަތު އަދި ތަޢުލީމީ ދާއިރާއިން. އަދި އިންވެސްޓްމަންޓްތަކުގެ ފައިދާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންނަށް ވާސިލުވާންޖެހޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމުގެ ހެކީގެ ގޮތުގައި ވަޒީރު ނެންގެވީ ގޫގުލްއިން އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫޢާއި ނޫނު އަތޮޅުގައި ހިންގާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢެވެ. މި ދެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި އަމިއްލަ ފަރާތަކުން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ރާއްޖޭގައި އެ ފަރާތްތަކުގެ ޚިދުމަތްތައް ފުޅާކުރަމުން ދިއުމަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އޭގެ ދުރު މުސްތަޤްބަލަށް އޮތް އިތުބާރު ހާމަކޮށްދޭކަމެއް. ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ކުންފުންޏަކާއި ކުރިއަރާފައިވާ ހޮސްޕިޓާލިޓީ ބްރޭންޑްތަކާއި އަދި އަޅުގަނޑުމެންގެ ތާރީޚުގައިވެސް އެންމެ ބޮޑު ޓައުންޝިޕް މަޝްރޫޢު. މިއީ ބޮޑެތި އުންމީދީ އަދި ކުޑަ ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމަކަށް ފޯރުކޮށްދެވޭނެ ކަންކަމަށް އޮތް އިތުބާރު ރަމްޒުކޮށްދޭ އިންވެސްޓްމަންޓްތަކެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤުވާމީ އިންވެސްޓްމަންޓް ހޯދުމަށްޓަކައި އޮނިގަނޑުތައް ހަރުދަނާކޮށް ހިންގުމުގައި ދެފުށް ފެންނަ ގޮތް އިޚުތިޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުން ގުޅިގެން އިންވެސްޓަރުންނާ މުޢާމަލާތުކުރުމުގައި އެއް އަޑަކުން ވާހަކަ ދެއްކުމަށް ވެސް ވަޒީރު ގޮވައިލެއްވިއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް