Newscast
ދުނިޔެ

އިންޑޮނޭޝިއާ ބިންހެލުމުގައި 51 މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 16 Aug 2026
އިންޑޮނޭޝިއާ ބިންހެލުމުގައި 51 މީހުން މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ
އިންޑޮނޭޝިއަށް އައި ބިންހެލުން؛ ފޮޓޯ / އެންޕީއާރް

އެ ޤައުމުގެ ސިއްޙީ ވަޒީރުގެ ނައިބު ބެންޖަމިން ޕޯލަސް އޮކްޓޭވިއަނަސް ހާމަކުރެއްވި ގޮތުގައި މި ކާރިސާގައި 36 މީހަކަށް ބޮޑެތި ޒަޚަމްތައް ލިބިފައިވެއެވެ. އެކިވަރުގެ ކުދި އަނިޔާތައް ލިބުނު މީހުންގެ ޢަދަދު 77 އަށް އަރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބެދުމުގެ ސަބަބުން ގެއްލުން ބޮޑުވެ ފުރަތަމަ ބިންހެލުމަށްފަހު 341 ލޮޅުމެއް ރެކޯޑުކުރެވިފައިވެއެވެ.

އިންޑޮނޭޝިއާގެ އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސަށް އިއްޔެ ހެނދުނު ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 51 މީހުން މަރުވެ 5000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބުނެފިއެވެ.

އެ ޤައުމުގެ ސިއްޙީ ވަޒީރުގެ ނައިބު ބެންޖަމިން ޕޯލަސް އޮކްޓޭވިއަނަސް ހާމަކުރެއްވި ގޮތުގައި މި ކާރިސާގައި 36 މީހަކަށް ބޮޑެތި ޒަޚަމްތައް ލިބިފައިވެއެވެ. އެކިވަރުގެ ކުދި އަނިޔާތައް ލިބުނު މީހުންގެ ޢަދަދު 77 އަށް އަރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބެދުމުގެ ސަބަބުން ގެއްލުން ބޮޑުވެ ފުރަތަމަ ބިންހެލުމަށްފަހު 341 ލޮޅުމެއް ރެކޯޑުކުރެވިފައިވެއެވެ.

ކާރިސާތަކާ ބެހޭ އިދާރާ (ބީއެންޕީބީ) އިން ބުނާ ގޮތުގައި ސިއްކާ ސަރަޙައްދުން އެކަނި 3300 އަށްވުރެ ގިނަ ރައްޔިތުން ވަނީ ކުޅިވަރު ދަނޑުތަކުގައި ޖެހި ފޭލިގެތަކަށާއި އެ ނޫންވެސް ރައްކާތެރި ތަންތަނަށް ގެންގޮސްފައެވެ. ވެއްޓިފައިވާ ޢިމާރާތްތަކުގެ ކައިރީގައި ޖެހި ވަގުތީ ފޭލިގެތަކުގައި ސިއްކާގެ ގިނަ ބަޔަކު ދިރިއުޅެމުންދާއިރު މައުމެރޭ ހޮސްޕިޓަލު ފުރިބާރުވެ ޒަޚަމްވި ފަރާތްތަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގެ ބޭރުގައި ހެދި ވަގުތީ ތަންތަނުގައެވެ. ސިއްކާގެ ނައިބު ރީޖަންޓް ސައިމަން ސުބަންދީ ވިދާޅުވީ ލޮޅުން އިތުރަށް އައިސްފާނެ ކަމުގެ ބިރުގައި ގިނަ ބަޔަކު ގެތަކަށް ނުވަދެ ރޭގަނޑު ވެސް ފޭލިގެތަކުގައި ހޭދަކުރަމުންދާ ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދުރާ ވިޖާޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިފައިންނާއި ފުލުހުންގެ 3500 އަށްވުރެ ގިނަ އޮފިސަރުން ކާރިސާ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. މީހުން ހޯދައި ސަލާމަތްކުރާ ޓީމުތަކުން ބުނި ގޮތުގައި ބިންގަނޑު ކަނޑައިގެން ގޮސް ބެދިފައި އޮތް މައުމެރޭގެ ބައެއް ސަރަޙައްދުތަކަށް މިހާރު ވަދެވިފައިވެއެވެ. ގެއްލިފައިވާ މީހުންގެ ސީދާ ޢަދަދު ކަށަވަރު ނުވި ނަމަވެސް ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވެއެވެ. މި ކާރިސާގައި 1300 އަށްވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު ކަރަންޓު ކެނޑުމާ ގުޅިގެން 20 ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް ވެސް ހުއްޓިފައިވާ ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ކުންފުނިން ބުނެފައިވެއެވެ.

ޙާލަތު ގޯސްވަމުންދާތީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތައް އަވަހަށް ހޯދުމުގެ ގޮތުން އެ ޕްރޮވިންސުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ މެދު ސަރުކާރުން ދަނީ ވިސްނަމުންނެވެ. ޖިއޯފިޒިކްސް އޭޖެންސީން ފާހަގަކުރާ ގޮތުގައި 1992 ވަނަ އަހަރު ވެސް މި ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ގާތްގަނޑަކަށް 290 މިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑޮނޭޝިއާ އޮންނަނީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތައް ގުޅޭ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަޙައްދުގައި ކަމުން ބިންހެލުމާއި އަލިފާންފަރުބަދަ ގޮވުމުގެ ނުރައްކާ އެ ޤައުމަށް އަބަދުވެސް ބޮޑެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.