Newscast
ހަބަރު

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
ޒަކާތު ހައުސް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / ޒަކާތު ހައުސް

މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމް، ތިން އިދާރާއާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ ވާހަކަފުޅު ދެއްކެވިއެވެ. އަދި ޒަކާތު ފަންޑުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ޑިރެކްޓަރ ޖެނެރަލް ވަނީ މައުލޫމާތު ދެއްވާފައެވެ.

ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފައެވެ. މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޖުމުލަ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ޚަރަދުކޮށްފައެވެ.



ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަން ޖެހޭ ބޮޑެތި ދަރަނި ހުރި ތަންތަން ކަމަށެވެ. އެ ވިޔަފާރިތަކުގެ ބޮޑު ބައެއް ބޭންކު ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓުތައް ކަމުން ޑޮލަރު އާމްދަނީގެ މިހާ ބޮޑު ނިސްބަތެއް މާރުކުރުވައިފިނަމަ އެ ފަރާތްތަކަށް ލިބޭ ފައިދާ ކުޑަވެ ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ
ދުނިޔެ 25 Aug 2026

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5،801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4،510.76 ރުޕީސްއަށެވެ.

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި
ހަބަރު 25 Aug 2026

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި

ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި
ހަބަރު 25 Aug 2026

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި
ހަބަރު 25 Aug 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސީ(ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.