ޙައްޖާޖީންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި ދެ ފަރާތުން އެންމެ ބޮޑަށް އިސްކަން ދީފައިވަނީ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދިވެހިންނަށް ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް ގަތުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ރާވައި ދެ މުއައްސަސާގެ ގުޅުން ހަރުދަނާކުރުމަށެވެ.
ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު އެއް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެންމެ ބޮޑަށް އިސްކަން ދީފައިވަނީ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދިވެހިންނަށް ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް ގަތުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ރާވައި ދެ މުއައްސަސާގެ ގުޅުން ހަރުދަނާކުރުމަށެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި މީގެ ކުރިން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން ގެންދިޔައީ ތަފާތު އެކި ފަރާތްތައް މެދުވެރިކޮށް ކަމަށް ޙައްޖު ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް މިހާރު އެ ކޯޕަރޭޝަނުން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމުގެ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ހަމަޖެއްސުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ޙައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރެވޭ މި މަސައްކަތަކީ ޤައުމީ މުއައްސަސާތަކަށް ޞިއްޙީ ސާމާނު ފޯރުކޮށްދިނުމުގެ ދާއިރާ ފުޅާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ސްޓޭޓް ފާމާއިން ދެކެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް