Newscast
ވިޔަފާރި

އެމްއައިބީން "ފައިސާރެމިޓް" ގެ ނަމުގައި 15 ޤައުމަކަށް ފައިސާ ފޮނުވޭ ޚިދުމަތެއް ފަށައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 16 Aug 2026
އެމްއައިބީން "ފައިސާރެމިޓް" ގެ ނަމުގައި 15 ޤައުމަކަށް ފައިސާ ފޮނުވޭ ޚިދުމަތެއް ފަށައިފި
އެމްއައިބީ ހެޑް އޮފީސް---ފޮޓޯ: ވޮއިސް

މި ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކުގެ ބްރާންޗަކަށް ދާން ނުޖެހި އެމްއައިބީގެ ފައިސާނެޓް ޕްލެޓްފޯމް މެދުވެރިކޮށް ބޭރު ޤައުމުތަކުގެ ބޭންކު އެކައުންޓުތަކަށާއި އިލެކްޓްރޯނިކް ވޮލެޓުތަކަށް ސީދާ ފައިސާ ޖަމާކުރެވޭ ގޮތަށް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ކޮންމެ ޓްރާންސެކްޝަނެއްގައި ފޮނުވެނީ 50 ޑޮލަރާއި 5،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ދުނިޔޭގެ 15 ޤައުމަކަށް ޑިޖިޓަލް ގޮތުން ފައިސާ ފޮނުވޭނެ "ފައިސާރެމިޓް" ޚިދުމަތް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކުގެ ބްރާންޗަކަށް ދާން ނުޖެހި އެމްއައިބީގެ ފައިސާނެޓް ޕްލެޓްފޯމް މެދުވެރިކޮށް ބޭރު ޤައުމުތަކުގެ ބޭންކު އެކައުންޓުތަކަށާއި އިލެކްޓްރޯނިކް ވޮލެޓުތަކަށް ސީދާ ފައިސާ ޖަމާކުރެވޭ ގޮތަށް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ކޮންމެ ޓްރާންސެކްޝަނެއްގައި ފޮނުވެނީ 50 ޑޮލަރާއި 5,000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.

އެމްއައިބީން ބުނީ ގިނަ ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ ހަމަ އެ ދުވަހު ޖަމާވާނެ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ލިބޭ ޤައުމާއި ބޭންކަށް ބަލައި ބައެއް ފަހަރު ގިނަވެގެން ދެ ދުވަސް ނެގުން އެކަށީގެންވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ފައިސާ ފޮނުވުމުގެ ކުރިން ލިބޭ ފަރާތަށް ޖަމާވާނެ އަދަދާއި ޑޮލަރުގެ އަދަދާއި ޗާޖުތަކާއި އެކްސްޗޭންޖް ފީ އަދި ޖުމްލަ ކެނޑޭނެ ޢަދަދު ޓްރާންސެކްޝަން ކޮންފާމް ކުރުމުގެ ކުރިން ކަސްޓަމަރަށް ފެންނާނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

މި ޚިދުމަތުގެ ދަށުން މިވަގުތު ފައިސާ ފޮނުވެނީ އޮސްޓްރޭލިއާ ބަންގްލަދޭޝް ޗައިނާ އިންޑިއާ އިންޑޮނޭޝިއާ މެލޭޝިއާ ނޭޕާލް ޕާކިސްތާން ފިލިޕީންސް ސިންގަޕޫރު ސްރީލަންކާ ތައިލޭންޑް ޔޫކޭ ޔޫއެސްއޭ އަދި ވިއެޓްނާމަށެވެ. ޚިދުމަތް ލިބޭ ޤައުމުތަކާއި ފައިސާގެ ބާވަތްތަކާއި ދޫކުރާ ގޮތްތައް ވަގުތާ އެކު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.