ވިލިމާލޭގައި 1000 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއްގެ ބިންގާ އަޅައިފި
ވިލިމާލޭގައި މިހާރު ހުރި މަސްޖިދުއްސަލާމް ހުރި ބިމުގައި ދެ ބުރީގެ ޒަމާނީ މިސްކިތެއް ބިނާކުރުމުގެ ބިންގާ މިއަދު އަޅައިފިއެވެ.
އަހުމަދު އާހިލް ސައީދު
ވިލިމާލޭގައި މިހާރު ހުރި މަސްޖިދުއްސަލާމް ހުރި ބިމުގައި ދެ ބުރީގެ ޒަމާނީ މިސްކިތެއް ބިނާކުރުމުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތުގައި 1000 މީހުންނަށް ނަމާދުކުރެވޭނެއެވެ. އެ މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އިމާމު ރޫމެއް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ބިންގާ އެޅުއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ "މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ" ކަމަށާއި "މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް" ކަމަށެވެ.
މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި ބިނާކުރާ ޖާގައިގެ ގޮތުން ތަނަވަސް މިސްކިތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް