ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ނަމަވެސް ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ހަފުތާ ބަންދުގެ ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް މޫސުން ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. ވައި ޖެހޭނީ ގާތްގަނޑަކަށް ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ވިއްސާރަ އަދި ކެރީގެ އަސަރު ކުރި ނަމަވެސް މުޅި ރާއްޖޭގެ ކަނޑުތައް މަޑުވާނެ. އެކަމަކު ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވޭ" އޮފިޝަލް ވިދާޅުވިއެވެ.
މެޓް އޮފީހުގެ ލަފާކުރުންތައް ދައްކާ ގޮތުން މާލެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މިރޭ މެންދަމާއި މާދަމާ ހެނދުނުގެ ވަގުތުތަކުގައެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ދިހަ ވަނަ ނަކަތް ކަމުގައިވާ މާ ނަކަތުގެ ދިހަ ވަނަ ދުވަހެވެ. މި ނަކަތުގައި އާންމުކޮށް ވައި މަޑުވެ ކަނޑުތައް ވެސް މައިތިރިވާނެއެވެ. ރާއްޖޭގެ ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް