މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ބައިނަލްއަޤުވާމީ ރޮބޮޓިކްސް މުބާރާތުގައި ވާދަކުރާ ދިވެހި ޓީމު އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގެ އިންޗިއޮންގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ރޮބޮޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދަރިވަރުންގެ ޓީމު އެ ސިޓީއަށް ގޮސް މުބާރާތަށް ތައްޔާރުވާން ފަށައިފިއެވެ.

އަހުމަދު އާހިލް ސައީދު

ބައިނަލްއަޤުވާމީ ރޮބޮޓިކްސް މުބާރާތުގައި ވާދަކުރާ ދިވެހި ޓީމު އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގެ އިންޗިއޮންގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ރޮބޮޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދަރިވަރުންގެ ޓީމު އެ ސިޓީއަށް ގޮސް މުބާރާތަށް ތައްޔާރުވާން ފަށައިފިއެވެ.

ފަސްޓް ގްލޯބަލްގެ ރާއްޖޭގެ ޕާޓްނަރު ވިމެން އިން ޓެކް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ 190 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އޮލިމްޕިކްސްގެ އުސޫލުން ހިންގާ މި މުބާރާތުގައި ކޮންމެ ޤައުމެއް ވެސް ތަމްސީލުކުރަނީ ސްކޫލް ދަރިވަރުންގެ ޓީމަކުންނެވެ. ޓީމް މޯލްޑިވްސްގެ ނަމުގައި ވާދަކުރާ ދިވެހި ޓީމުގައި ހިމެނެނީ ރާއްޖޭގެ އެކި އަމިއްލަ އަދި ސަރުކާރު ސްކޫލްތަކުގެ ދިހަ ދަރިވަރެކެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި، ހުރިހާ ޓީމަކުން ވެސް ރޮބޮޓެއް ޑިޒައިންކޮށް ޕްރޮގްރާމް ކުރަނީ އެއް މިންގަނޑެއްގެ ސާމާނު ބޭނުންކޮށްގެންނެވެ. މެޗުތަކުގައި އެކި ޤައުމުތަކުގެ ޓީމުތައް އެލަޔަންސްތަކެއްގެ ގޮތުގައި ގުޅިގެން ރޮބޮޓްތައް މެދުވެރިކޮށް ތަފާތު ޓާސްކުތައް ފުރިހަމަކޮށްގެން ޕޮއިންޓު ހޯދައެވެ. މުބާރާތުގެ ކާމިޔާބީ ބިނާވެފައި އޮންނަނީ އިންޖިނިއަރިންގެ ހުނަރާއި ސްޓްރެޓެޖީ އަދި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަމުގެ މައްޗަށެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ތައްޔާރުކޮށްދެނީ ރޮބޮޓިކްސް އަދި ޓެކްނޮލޮޖީ ތަޢުލީމުގެ ޒަރީޢާއިން ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ސްޓެމް ސެޓިފައިޑް މަރުކަޒެއް ކަމުގައިވާ ފޯލޫޕް ކޯޑިންގ އެކެޑަމީންނެވެ. ޓީމުގެ ލީޑް ޕާޓްނަރަކީ އެމްޑަބްލިއުއެސްސީއެވެ. އިނޭބްލިންގ ޕާޓްނަރުންގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރަންސް ހިމެނެއެވެ.

ރާއްޖެއިން 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ބައިވެރިވަމުން އާދެއެވެ. އެންމެ ފަހުން ޕެނަމާގައި ބޭއްވި ފަސްޓް ގްލޯބަލް ޗެލެންޖުގައި ދިވެހި ޓީމު ވަނީ 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.