Newscast
ހަބަރު

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 23 Aug 2026
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި
ތިލަފުށި ކުނި ފެސިލިޓީ-

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހުއެވެ. އެ އިސްލާޙުގެ ދަށުން ވިޔަފާރި ހަރަކާތްތަކުގައި ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުމުގެ ޤަވާޢިދު 50 ކޮތަޅަށް ވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިތަކަށް ނުހިނގާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. މި ބަދަލުގެ ސަބަބުން ކުރިން ދިމާވި ޑަބަލް ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހުއެވެ. އެ އިސްލާޙުގެ ދަށުން ވިޔަފާރި ހަރަކާތްތަކުގައި ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުމުގެ ޤަވާޢިދު 50 ކޮތަޅަށް ވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިތަކަށް ނުހިނގާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. މި ބަދަލުގެ ސަބަބުން ކުރިން ދިމާވި ޑަބަލް ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ.

ބިލުގައި އިތުރު މުހިންމު ބަދަލުތަކެއް ވެސް ހިމެނެއެވެ. އެ ގޮތުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރާ ގޮތާއި އެ ތަންތަނުގެ މިންގަނޑުތައް ކަނޑައެޅުމުގެ ތަފްސީލް ހިމަނައިފައިވެއެވެ. އަދި ޤާނޫނު ތަންފީޛުކުރާ ވުޒާރާއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ދައުރުތައް އިތުރަށް ސާފުކުރުމަށް ބިލުގައި އިސްލާޙު ގެނެސްފައިވެއެވެ.

ހަމައެއާއެކު ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމާއި އިޤްތިޞާދީ އަދި ސިނާޢީ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވައިލުމާއި ޤައުމީ މާސްޓާ ޕްލޭނާ އެއްގޮތަށް ސިޓީ ފެންވަރުގައި ކުނި މެނޭޖުކުރުން ރޭވުން ވެސް ބިލުގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނު ތަސްދީޤުކުރެއްވުމާ ގުޅިގެން ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމާ ގުޅޭ ގަވާއިދުތައް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެއެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި ޢަމަލުކުރަން ފެށި ޤާނޫނެކެވެ. އެ ޤާނޫނުގެ އެންމެ ބޮޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް ތިމާވެށްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 23 Aug 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ހަބަރު 23 Aug 2026

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ހަބަރު 23 Aug 2026

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި
ވިޔަފާރި 23 Aug 2026

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި
ވިޔަފާރި 23 Aug 2026

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ހަބަރު 23 Aug 2026

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.