ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމައިފި
އެ ނިންމުމާ އެކު ހއ. ދިއްދޫ އާއި ގދ. ގައްދޫގެ ހޯމް މެޗުތައް ކުރިއަށް ގެންދާނީ އެ ދެ ރަށުގައެވެ. ލީގުގައި ބައިވެރިވާ ބާކީ އަށް ޓީމަކީ މާލެއަށް ނިސްބަތްވާ ޓީމުތައް ކަމުން އެ ޓީމުތަކުގެ ހޯމް މެޗުތައް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.
މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ސެޕްޓެމްބަރު 10 ގައި ފެށޭއިރު ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފުރަތަމަ ފަހަރަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން އެފްއޭއެމުން ނިންމައިފިއެވެ.
އެ ނިންމުމާ އެކު ހއ. ދިއްދޫ އާއި ގދ. ގައްދޫގެ ހޯމް މެޗުތައް ކުރިއަށް ގެންދާނީ އެ ދެ ރަށުގައެވެ. ލީގުގައި ބައިވެރިވާ ބާކީ އަށް ޓީމަކީ މާލެއަށް ނިސްބަތްވާ ޓީމުތައް ކަމުން އެ ޓީމުތަކުގެ ހޯމް މެޗުތައް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.
ޖުމްލަ 10 ޓީމު ވާދަކުރާ މި ލީގުގައި ކުރީ ސީޒަނުގެ ގަދަ ހަ ޓީމު ސީދާ ޖާގަ ހޯދާފައިވެއެވެ. އެއީ މާޒިޔާ އޮޑި ސްޕޯޓްސް ނިއު ރޭޑިއަންޓް ބުރު ސްޕޯޓްސް އީގަލްސް އަދި ވިކްޓްރީއެވެ. ދެން ހިމެނޭ ހަތަރު ޓީމު ކަމުގައިވާ ދިއްދޫ ގައްދޫ ޓީސީ ސްޕޯޓްސް އަދި ބިސް ބުރު ލީގަށް އައީ ދިވެހި ލީގު ކޮލިފައިންގެ ތެރެއިންނެވެ.
ކޮލިފައިންގައި ޖުމްލަ ހަ ޓީމު ވާދަކޮށްފައިވެއެވެ. ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫ އާއި ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން ސެންޓްރަލް ރީޖަނަލް ލީގު 1 ގެ ޗެމްޕިއަން ބިސް ބުރު ސެންޓްރަލް ރީޖަނަލް ލީގު 2 ގެ ޗެމްޕިއަން ކ. ހުރާ އަދި ކުރީ ސީޒަނުގެ ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ނިންމި ޓީސީ ސްޕޯޓްސް އާއި އަށް ވަނައިގައި ނިންމި ގްރީން ސްޓްރީޓްސް ކޮލިފައިންގައި ބައިވެރިވިއެވެ.
އެފްއޭއެމުގެ އައު އޮނިގަނޑުގެ ދަށުން ކޮންމެ ސީޒަނެއްގައި ވެސް ލީގަށް ކޮލިފައިވާނީ ކުރީ ސީޒަނުގެ ގަދަ ހަ ޓީމާއި ކޮލިފައިން ބުރުން ހޮވޭ ހަތަރު ޓީމެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް