Newscast
ދުނިޔެ

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ޕްރިންސް ހެރީ؛ ފޮޓޯ / އެންޕީއާރް

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ބްރިޓަންގެ ނޫސް ކުންފުނި އެސޯސިއޭޓެޑް ނިއުސްޕޭޕާސް (އޭއެންއެލް)އާ ދެކޮޅަށް ޕްރިންސް ހެރީއާއި އިތުރު ހަ މަޝްހޫރު ފަރާތަކުން ހުށަހެޅި ދައުވާ ނާކާމިޔާބުވެ ކޯޓު ޚަރަދުގެ ފުރަތަމަ ބައިގެ ގޮތުގައި 9.5 މިލިއަން ޕައުންޑް (13 މިލިއަން ޑޮލަރު) ދެއްކުމަށް ލަންޑަންގެ ހައިކޯޓުން އަންގައިފިއެވެ.

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ފަނޑިޔާރު މެތިއު ނިކްލިން ނެރުއްވި އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން މި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ފައިސާ އޭއެންއެލްއަށް ދައްކައި ޚަލާސްކުރަންޖެހެއެވެ. ދައުވާކުރި ފަރާތްތަކުން ނޫހާ ދެކޮޅަށް 97 ތުހުމަތެއް ހުށަހެޅި ނަމަވެސް އެއިން އެއްވެސް ތުހުމަތަކަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ސާބިތުނުކުރެވޭ ވަރުގެ ބޮޑެތި ތުހުމަތުތައް ކޯޓަށް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ހުކުމާ ގުޅިގެން އޭއެންއެލްއިން ބުނީ "މިއީ ނޫސްވެރިންގެ އަބުރު ކެނޑުމަށް ކުރި މާނައެއް ނެތް މަސައްކަތެއް" ކަމަށާއި ކޯޓުގެ ނިންމުމުން އެ ހަޤީޤަތް ސާފުވެފައިވާ ކަމަށެވެ.

މި ދައުވާގައި ހިމެނޭ މުޅި ކޯޓު ޚަރަދުގެ ގޮތުގައި ހޭދަވި އިތުރު 25 މިލިއަން ޕައުންޑް ހޯދުމުގެ ފުރުސަތު ވެސް އޭއެންއެލްއަށް ލިބިފައިވާއިރު ދައުވާކުރި ފަރާތްތަކަށް މި ނިންމުން އިސްތިއުނާފު ކުރުމަށް އޮކްޓޫބަރު ދެވަނަ ދުވަހުގެ ނިޔަލަށް ވަގުތު ދީފައިވެއެވެ.

ދުނިޔެ ޕްރިންސް ހެރީ އިނގިރޭސިވިލާތު

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހަބަރު 22 Aug 2026

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ހަބަރު 22 Aug 2026

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.