Newscast
ހަބަރު

ދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ އޮނިގަނޑެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 15 Aug 2026
ދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ އޮނިގަނޑެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް، ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

ޤައުމީ ދުވަހާ ގުޅިގެން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށް ޤާނޫނުއަސާސީގައި ލިޔެފައި އޮތް ނަމަވެސް އެ އުސޫލު ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމީ އޮނިގަނޑެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. އެ މައްސަލައަށް ނިމުމެއް ގެނެސް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ދީނާ ފުށުއަރާ ޤާނޫނެއް އުފަންވިޔަ ނުދޭނެ ގޮތް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިސްލާމްދީނުގެ އަސާސްތަކާ ފުށުއަރާ ޤާނޫނެއް ރާއްޖޭގައި ނުހެދޭނެކަން ކަށަވަރުކުރުމަށް ނިޒާމީ އޮނިގަނޑެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާ ގުޅިގެން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށް ޤާނޫނުއަސާސީގައި ލިޔެފައި އޮތް ނަމަވެސް އެ އުސޫލު ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމީ އޮނިގަނޑެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. އެ މައްސަލައަށް ނިމުމެއް ގެނެސް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ދީނާ ފުށުއަރާ ޤާނޫނެއް އުފަންވިޔަ ނުދޭނެ ގޮތް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެފަދަ ނިޒާމެއް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވިއެވެ.

ދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރި ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފައިވާކަން ފާހަގަކުރައްވައި ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓުނީ އެންމެ މީހަކު ދީން ދޫކޮށްލުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިސްލާމް ދީނާ ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމީ ބަޠަލުގެ ޙަޔާތްޕުޅުންނާއި ދީނުގެ އުނގަންނައިދެއްވުންތަކުން ފެންނަ އެންމެ ވަރުގަދަ ބިންގަލަކީ ރިވެތި އަޚްލާޤު ކަމަށް ރައީސް ވިދާޅުވިއެވެ. އެއާ އެކު ޤާނޫނާއި ގަވާއިދަށް ބޯލެނބުމާއި އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމް އަދާކުރާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމަށް ކަނޑައަޅާފައިވާ އިރު ދީނުގެ އަޞްލަކާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.