އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ސްކޫލް ނިޒާމުގެ ތެރެއިން އިސްލާމް މާއްދާގައި ރަނގަޅު ދަރަޖައެއް ހާސިލުކޮށް އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކުރާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރެވޭ ފެންވަރު ހުންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އެ މައްސަލައަށް ޙައްލެއް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެކު ފެށި މި މަސައްކަތުގެ ލަނޑުދަނޑިއަކީ ހުކުރު ނަމާދުގައި އިމާމުވެ ކުރުމާއި ހުތުބާ ކިޔާނެ ޒުވާން ޖީލެއް ބިނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ގްރޭޑް 10 އާއި 11 އަދި 12 ނިންމާ ދަރިވަރުންގެ ފެންވަރު މިހާރު އެ ހިސާބަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިމާމްކަމުގެ ސެޓްފިކެޓް ލެވެލް 1 2 3 ހަދައި އިމާމު ކަމަށް ނިކުންނަ މީހުންނާއި ނިޒާމީ ތައުލީމުގެ ތެރެއިން އިސްލާމް ދީނާއި ގުރުއާން އުނގެނިގެން އިސްލާމް މާއްދާ އިން މަތީ ދަރަޖަ ހޯދައި ފާސްވެގެން އޯލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޯލެވެލް ނިންމާ ދަރިވަރުން އަދި އޭލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޭލެވެލް ނިންމާފައި ތިބޭ ދަރިވަރުންގެ ކިބާގައި އިމާމުކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ހުންނާނެ" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމް މުޤައްރަރަކީ ފުޅާ ދާއިރާއެއްގެ މަޢުލޫމާތު ހިމެނޭ މުޤައްރަރެއް ކަން ފާހަގަކުރައްވައި އިމާމުކަމަކީ ހަމައެކަނި ވަކި ކޯހެއް ހެދުމުން ލިބޭ ހުނަރެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ހަމައެއާ އެކު ކޮލެޖް އަދި ޔުނިވާސިޓީ ފެންވަރުގައި އިސްލާމް މާއްދާ ކިޔަވާ ދަރިވަރުން މަދުވުމާއި ކިޔެވި ދަރިވަރުން ވެސް ރަށްރަށަށް ޚިދުމަތް ދިނުމަށް ނުދާ ކަމުގެ ކަންބޮޑުވުން ވަޒީރު ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ހުތުބާ ކިޔުމުގެ ހުނަރު ހުރި ކޮންމެ ޒުވާނަކު ޖަމާޢަތުގެ ނަމާދުގައި ބަރާބަރަށް ބައިވެރިވެ އެހެން ޒުވާނުންނަށް ރީތި ނަމޫނާއެއް ދައްކަން ޖެހޭނެ ކަމަށް ވެސް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ދިރިއުޅުމުގައި ލިބޭ ކޮންމެ ކާމިޔާބީއެއްގައި މައިންބަފައިން ޝާމިލުކޮށް އެ ބައިމީހުންގެ ބުރަ މަސައްކަތާއި ހެޔޮ ނަސޭހަތުގެ އަގު ވަޒަންކުރުމަށް ދަރިވަރުންނަށް ވަޒީރު ބާރުއެޅުއްވިއެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުކަމަށް ބޭނުންވާ ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން ފަސް ބުރެއް ހިންގައި ސަނަދު ދީފައިވާ ޕްރޮގްރާމެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް