Newscast
ހަބަރު

އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް ޝަރީޢާއާ އެއްގޮތަށް ބަދަލުކުރުމަށް އޯޕަންޑޭއެއް ބާއްވަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 09 Aug 2026
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް ޝަރީޢާއާ އެއްގޮތަށް ބަދަލުކުރުމަށް އޯޕަންޑޭއެއް ބާއްވަނީ
ބީއެލްއެލްގެ މައި އިމާރާތް-

ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައި ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ހުރިހާ ކޮންވެންޝަނަލް ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ރީފައިނޭންސް ކުރުމުގެ މަރުހަލާ ވަގުތުން ނިންމައިލެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެފައިވެއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް މިހާރު ވެސް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވައިފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކޮށްދިނުމަށް ޚާއްޞަ އޯޕަންޑޭއެއް މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައި ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ހުރިހާ ކޮންވެންޝަނަލް ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ރީފައިނޭންސް ކުރުމުގެ މަރުހަލާ ވަގުތުން ނިންމައިލެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެފައިވެއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް މިހާރު ވެސް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވައިފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެ ދުވަހު ވަޑައިގަންނަވާ ކަސްޓަމަރުންނަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީގައި ލިބިފައިވާ އޮފާތައް ބެލުމާއި އޮފާ ގަބޫލުކުރާ ނަމަ އައު އެއްބަސްވުމުގައި ސޮއިކޮށް ރީފައިނޭންސް ކުރުމުގެ ހުރިހާ ކަމެއް އެ ހަރަކާތުގެ ތެރެއިން ނިންމައިލެވޭނެއެވެ. ރީފައިނޭންސް ކުރުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑު ގެންނަންވާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އިސްލާމީ އުސޫލުން އެކުލަވައިލާ އައު ފެސިލިޓީއެއް ލިބުމާއި ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ދިގުވެ މަހު ޕޭމަންޓް ކުޑަވެގެންދާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. މީގެ އިތުރުން ޤަވާއިދުން ފައިސާ ދައްކަން ދަތިވެފައި ތިބި ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަހު ޤަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރެކޯޑު ރަނގަޅު ކުރެވޭނެ ކަމަށާއި އެއާ އެކު ކުރިމަގުގައި އެ ބޭންކުން އިތުރު ފައިނޭންސިން ހޯދުމުގެ ދޮރު ހުޅުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެސްއެމްއީ ޑިޖިޓަލުން ސިފަކުރާ ގޮތުގައި މި ފިޔަވަޅަކީ އެ އިދާރާ ފުރިހަމަ އިސްލާމީ ފައިނޭންސް ފޯރުކޮށްދޭ މާލީ މުއައްސަސާއަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.