ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.
މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ޔަހޫދީންގެ ދީނީ ފޮތްތައް ވެއްދުމާއި ޖަމާޢަތް ހަދައިގެން އަޅުކަންކުރެވޭ ގޮތް ހެދުމަކީ އެ މިސްކިތުގެ އިސްލާމީ ޝަޚުސިއްޔަތު ނިގުޅައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޙަމާސް ޖަމާޢަތުން ބަޔާނެއް ނެރެފިއެވެ.
1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.
ޖެނުއަރީ މަހުން ފެށިގެން މި ފޮތްތައް ވެއްދުމަށް ހުރި ހުރަސްތައް ލުއިކުރަން ފެށި އިރު ހުސްވި ހަފުތާގައި ޔަހޫދީ ފުލުހުން ވަނީ އެކަމަށް ސީދާ ފުރުޞަތު ދީފައެވެ. ހަމައެހެންމެ ޖަމާޢަތް ހަދައިގެން ޔަހޫދީން އަޅުކަންކުރުން މަނާކޮށްފައި އޮތް އޮތުން ތަންފީޒުކުރުމުގައި ވެސް ފުލުހުން ލުއިދެމުންދެއެވެ. މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބެން-ގްވީރާ އެކު ހައްދުފަހަނަ އެޅި ބައިގަނޑެއް މިސްކިތަށް ވަދެ ފާޅުގައި އަޅުކަންކޮށްފައިވެއެވެ.
ފަލަސްޠީނުގެ ޤައުމީ މަޖިލީހުން ވެސް ވަކި ބަޔާނެއް ނެރެ 1969 ގެ ހަމަލާއަކީ ބައިތުލްމަޤްދިސާއި އެ ރަށުގެ މުޤައްދަސް ތަންތަން ނައްތައިލުމަށް ޔަހޫދީން ރާވާ ޖަރީމާގެ ފެށުން ކަމުގައި ސިފަކޮށްފައިވެއެވެ. ހަރުކަށި ޔަހޫދީ ގުރޫޕުތަކުން މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ރޭވުންތައް ހިންގާ ކަމުގެ އިންޒާރު ވެސް އެ މަޖިލީހުން ދީފައިވެއެވެ. މުސްލިމުންގެ މުޤައްދަސް ބިނާތަކާއި ނަޞްރާނީންގެ ފައްޅިތަކަށް ދެމުންދާ ހަމަލާތައް އެ މަޖިލީހުން ސިފަކުރީ ސަހަރުގެ ދީނީ އެއްބައިވަންތަކަމާއި ފަލަސްޠީނު ރައްޔިތުންގެ ޝަޚުސިއްޔަތު ފޭރިގަތުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ. ޙަމާސުން ވަނީ މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމުގެ ޒިންމާ ނެގުމަށް ޢަރަބި އަދި މުސްލިމް ޤައުމުތަކަށް ގޮވައިލައިފައެވެ.
މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި 1969 ވަނަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު ހުޅުޖެހީ އޮސްޓްރޭލިއާ ރައްޔިތެއް ކަމުގައިވާ ޑެނިސް މައިކަލް ރޯހަންއެވެ. އެ ހާދިސާގެ ސަބަބުން މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު އެ ކަމާ ގުޅިގެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން މޮރޮކޯގެ ރިބާޠުގައި ބޭއްވި މަހާސިންތާގެ ނަތީޖާއެއްގެ ގޮތުން މިހާރުގެ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އުފެދިގެން ގޮސްފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް