Newscast
ހަބަރު

އަންނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެނީ

ލިޔުނީ: ޝާރިފް ޙަލީލް 12 Aug 2026
އަންނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެނީ
މަސްދަޅު ކޭސްތައް ހޭންޑަލްކުރަނީ؛ ފޮޓޯ / އެސްޓީއޯ

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ 18 ގައި ފެށޭ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ފަހަރެކޭ އެއްފަދައިން ކޮންމެ ގެއަކަށް ވެސް ލިބޭނީ މަސްދަޅު ކޭހެކެވެ. އެ ކަމުގެ ތަފުސީލް މިނިސްޓަރު ހާމަނުކުރެއްވި ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވެސް ގޭބީސީތަކުގެ މަޢުލޫމާތު އެއްކުރަން ފައްޓައިފައިވެއެވެ.

އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ހުރިހާ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ 18 ގައި ފެށޭ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ފަހަރެކޭ އެއްފަދައިން ކޮންމެ ގެއަކަށް ވެސް ލިބޭނީ މަސްދަޅު ކޭހެކެވެ. އެ ކަމުގެ ތަފުސީލް މިނިސްޓަރު ހާމަނުކުރެއްވި ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވެސް ގޭބީސީތަކުގެ މަޢުލޫމާތު އެއްކުރަން ފައްޓައިފައިވެއެވެ.

މިދިޔަ ރޯދަމަހު ސަރުކާރުން ޖުމްލަ 108,801 މަސްދަޅު ކޭސް ރައްޔިތުންނަށް ބެހި ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ހާމަކޮށްފައިވެއެވެ. އެ ކޭސްތައް ގަތުމަށް ދައުލަތުން 79.4 މިލިއަން ރުފިޔާ ޚަރަދުކުރި އިރު މިފްކޯ އިން ކޮންމެ ކޭހަކުން 30 ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ.

އެހެންކަމުން ސަރުކާރުން އެއް ކޭހަކަށް ޚަރަދުކުރީ 730 ރުފިޔާއެވެ.

"އެއީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހި 79 މިލިއަން ރުފިޔާ" ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އެ ދުވަސްވަރު ވިދާޅުވެފައިވެއެވެ.

ފާއިތުވި ރޯދަމަހު މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހީ ދައުލަތުގެ ކުންފުނިތަކާއި ސިފައިންގެ އެހީގައި ކަމަށް ވާ އިރު ރަށްރަށުގައި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ކައުންސިލްތައް މެދުވެރިކޮށެވެ.

ޝާރިފް ޙަލީލް

ލިޔުންތެރިޔާ

ޝާރިފް ޙަލީލް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ހަބަރު 22 Aug 2026

މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ
ހަބަރު 22 Aug 2026

ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ

މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
ހަބަރު 22 Aug 2026

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
ހަބަރު 22 Aug 2026

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި

މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ހަބަރު 22 Aug 2026

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.