ޝާޔާ ޒާހިރު މައްކާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުން ހަތަރު ވަނަ ހޯދައިފި
މި ކާމިޔާބީއާ އެކު ޝާޔާއަށް 170000 ރިޔާލް )699262ރ.( ގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ. 133 ޤައުމަކުން 334 ބައިވެރިން ވާދަކުރި މި މުބާރާތުގެ 46 އަހަރުގެ ތާރީޚުގައި އަންހެން ކުދިންގެ ގޮތްޕެއް ހިމެނީ މިފަހަރު ފުރަތަމަ ފަހަރަށެވެ.
މައްކާގައި ބޭއްވި ޤުރުއާން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގެ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ރާއްޖެ ތަމްސީލްކުރި ފާޠިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހޯދައިފިއެވެ.
މި ކާމިޔާބީއާ އެކު ޝާޔާއަށް 170000 ރިޔާލް (699262ރ.) ގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ. 133 ޤައުމަކުން 334 ބައިވެރިން ވާދަކުރި މި މުބާރާތުގެ 46 އަހަރުގެ ތާރީޚުގައި އަންހެން ކުދިންގެ ގޮތްޕެއް ހިމެނީ މިފަހަރު ފުރަތަމަ ފަހަރަށެވެ.
ރޭ ބޭއްވި އިނާމު ދިނުމުގެ ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. އެ ޖަލްސާގައި ސަޢޫދީ އިސްލާމިކް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލް ޝައިޚް އާއި ޙަރަމްފުޅުގެ އިމާމު ޝައިޚް ޑރ. ޢަބްދުއްރަޙްމާން އައްސުދައިސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޚާއްޞަ މެހެމާނެއްގެ ހައިސިއްޔަތުން އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ މި ބޮޑު މުބާރާތުން ޝާޔާއަށް ވަނައެއް ލިބުމަކީ ދިވެހިރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ.
އުމުރުން ނުވަ އަހަރުގައި މުޅި ޤުރުއާން ހިތުދަސްކުރި ޝާޔާ ވަނީ ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު މިޞްރުގައި ބޭއްވި މުބާރާތުން ދެ ވަނަ ހާސިލްކުރުން ހިމެނެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް