Newscast
ހަބަރު

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ރާއްޖޭގައި ބާއްވައި ނިންމާލައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ރާއްޖޭގައި ބާއްވައި ނިންމާލައިފި
ތުވާލުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

200 އަށްވުރެ ގިނަ ފަރާތެއް ބައިވެރިވި މި ފޯރަމްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އިންވެސްޓަރުންނާއި ދިރާސާކުރާ ފަރާތްތައް ހިމެނިފައިވެއެވެ. ފޯރަމްގައި ފަސް ޕެނަލެއް ކުރިއަށް ގެންގޮސްފައިވާ އިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި އިންވެސްޓްމަންޓު ޝޯކޭސްތަކާއި ނެޓްވޯކިން ފުރުޞަތުތައް ވެސް ހިމެނިފައިވެއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅޭ ގޮތުން 30 އަށްވުރެ ގިނަ ޤައުމުން ބައިވެރިވެގެން ބާސެލޯ ނަސަންދުރާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

200 އަށްވުރެ ގިނަ ފަރާތެއް ބައިވެރިވި މި ފޯރަމްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އިންވެސްޓަރުންނާއި ދިރާސާކުރާ ފަރާތްތައް ހިމެނިފައިވެއެވެ. ފޯރަމްގައި ފަސް ޕެނަލެއް ކުރިއަށް ގެންގޮސްފައިވާ އިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި އިންވެސްޓްމަންޓު ޝޯކޭސްތަކާއި ނެޓްވޯކިން ފުރުޞަތުތައް ވެސް ހިމެނިފައިވެއެވެ.

ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި އެހީދޭ ޤައުމުތަކާއި ދިރާސާވެރިންގެ މެދުގައި ޚިޔާލު ބަދަލުކުރުމާއި އެ ޤައުމުތަކުގައި އިންވެސްޓްމަންޓް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތަކަށް ތަޖުރިބާގެ އެހީގައި ޙައްލު ހޯދުމަކީ މި ފޯރަމްގެ މައިގަނޑު ބޭނުންތަކެވެ. ޚާއްޞަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމުގެ އިތުރު މަގުތައް ފެނުމަކީ ވެސް ފޯރަމްގެ ލަނޑުދަނޑިއެކެވެ.

ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމެއްގެ ގޮތުގައި ބާއްވާތާ މިއީ 10 ވަނަ އަހަރެވެ. މި ފޯރަމް އުފެދުނީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ފާސްކުރި 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރާ ގުޅިގެންނެވެ.

ސަރުކާރުން ބުނީ ރާއްޖޭގައި މި ފޯރަމް ބާއްވާ ގޮތަށް ހަމަޖެހުނީ 2024 ވަނަ އަހަރުގެ ސިޑްސް ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނެންގެވައި ޖަޒީރާ ޤައުމުތަކުގެ ގުޅުން ބަދަހިކުރެއްވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއެޅުއްވި އެޅުއްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ރާއްޖޭގައި މި ފޯރަމް ބޭއްވުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްސާސް މައްސަލަތައް ބައިނަލްއަޤުވާމީ ސަމާލުކަމަށް ގެނައުމުގައި ރާއްޖެ އަދާކުރާ ދައުރު ވަރުގަދަކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ކުޅިވަރު 24 Aug 2026

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ކުޅިވަރު 24 Aug 2026

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ހަބަރު 24 Aug 2026

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.