ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު ޒިޔާރަތްކުރައްވައިފި
އެ ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދުގެ އިތުރުން ފުލުހުންގެ ސީނިއާ އެހެން ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ފުލުހުން ބުނެފައިވެއެވެ. ނާފިއުގެ އަނބިމީހާ އާއި ދަރިފުޅާއި ޢާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.
ދޯންޏެއް ފެތެމުން ދަނިކޮށް އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅެނިކޮށް ގެއްލިފައިވާ ފުލުހުންގެ ސާޖަންޓް ޢަލީ ނާފިއުގެ ޢާއިލާއާ ބައްދަލުކުރެއްވުމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އިއްޔެ އެ ޢާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެންފިއެވެ.
އެ ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދުގެ އިތުރުން ފުލުހުންގެ ސީނިއާ އެހެން ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ފުލުހުން ބުނެފައިވެއެވެ. ނާފިއުގެ އަނބިމީހާ އާއި ދަރިފުޅާއި ޢާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ހާދިސާގެ ޚަބަރު ލިބުމާ އެކު އެ ރޭ ދަންވަރުން ފެށިގެން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށް ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އޭގެ އިތުރުން އެ ހިތާމަވެރި ވަގުތުގައި ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދުޢާ ކުރައްވާ ކަމަށާއި ޢާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދޯނި އަޑިއަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިން 1650 މީޓަރަށް ވުރެ ބޮޑުވެފައި ރާއްޖޭގެ ވަސީލަތްތަކުން އެ ހިސާބަށް ފީނައި ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އިހުސާން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ނާފިއު މަސައްކަތްކޮށްފައި ވަނީ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގެ މަތިވެރި ޢަޒުމެއްގައި ކަމަށެވެ. ނާފިއު ހޯދުމަށް މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކުގެ ތަފްސީލް ޢާއިލާއާ ހިއްސާކުރައްވައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. "އެ ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ" ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ. ހާދިސާ ތަޙުޤީޤުކުރުމަށް މާލެއިން ޚާއްޞަ ޓީމެއް ފޮނުވާފައިވާ ކަމަށާއި ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ލ. އަތޮޅުން ފުރައިގެން ދަތުރުކުރި އެ ދޯންޏާ އެކު ނާފިއުގެ އިތުރުން ސިފައިންގެ މީހަކާއި އެހެން މީހަކު ވެސް ގެއްލިފައިވާ އިރު ކަނޑާއި ވައިގެ މަގުން ބޮޑު ސަރަޙައްދެއް ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް