ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 294000 މީހުންގެ ބަޔޯމެޓްރިކްސް ނަގައިފި
ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގައި ޖުމްލަ 295678 ބިދޭސީން ދިރިއުޅެމުން ދިޔައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 294000 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގައި ޖުމްލަ 295678 ބިދޭސީން ދިރިއުޅެމުން ދިޔައެވެ.
އެ ޢަދަދުގެ ތެރެއިން ބަޔޯމެޓްރިކް ނިޒާމެއް މެދުވެރިކޮށް ކާކުކަން ދެނެގަނެވޭ ގޮތް ހަމަޖެހިފައި އޮތީ އެންމެ 27200 މީހުންގެ ކަމަށާއި ބާކީ ގާތްގަނޑަކަށް 270000 މީހުންގެ ޝަޚްޞު ކަށަވަރުކުރެވޭނެ އެއްވެސް ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއެއްގައި ނެތް ކަމަށެވެ.
އެ މަސައްކަތް ފެށި ފަހުން މިހާތަނަށް 294000 ބިދޭސީންގެ ރެކޯޑު އެއްކުރެވިފައިވާ ކަމަށާއި މިހާރު ޝަޚްޞު ފާހަގަނުކުރެވި ތިބީ 1102 މީހުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނަތީޖާތަކާ އެކު ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަޝްރޫޢު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަން ފާހަގަކުރެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް