އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުނަރަކީ ސެން ޓީޗަރުންނަށް އެކަނި ބޭނުންވާ ކަމެއް ނޫން ކަމަށާއި ކޮންމެ މުދައްރިސަކުވެސް އިންކުލޫސިވް ތަޢުލީމަށް އަހުލުވެރިވާންޖެހޭ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.
ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި އެ ވުޒާރާގެ އެންމެ ބޮޑު އެއް އިސްކަމަކީ މުދައްރިސުން ތަމްރީނުކުރުމެވެ. ޤައުމީ ޕްރޮގްރާމެއްގެ ތެރެއިން މިހާރުވެސް ސެން ޓީޗަރުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ދަރިވަރުންނެއް ކިޔަވަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ 2024 ވަނަ އަހަރު މި ދާއިރާގެ މަސައްކަތް ފެށިއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން މަދުކަން ފާހަގަވި ކަމަށާއި ޚާއްޞަކޮށް އަތޮޅުތެރޭގެ ސްކޫލުތަކުގައި އެ މައްސަލަ ބޮޑު ކަމަށެވެ. ނަމަވެސް މިއަދު އިފްތިތާހުކުރި އޮންލައިން ޕްލެޓްފޯމާ އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މުދައްރިސަކަށް އިންކުލޫސިވް ތަޢުލީމަށް އަހުލުވެރިވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަފާތުކުރުމެއް ނެތި ކޮންމެ ދަރިވަރަކަށް ކިޔަވައިދޭން ތައްޔާރަށް ތިބުމަކީ ހުރިހާ މުދައްރިސުންގެ ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެޑިއުކޭޝަންގެ ޒިންމާއަކަށް ވާނީ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ވީހާވެސް ފަހިކޮށް އޮންނާނެ ފަދަ ނިޒާމެއް ޤާއިމްކުރުން. މިއަދު އިންކުލޫސިވް އެޑިއުކޭޝަންއަށް ޚާއްސަކޮށްގެން ކޯހެއް އެންއައިއިގެ ޕްލެޓްފޯމްގެ ތެރެއިން ޤާއިމްކޮސްދެވުނީ މިއާއެކު ލީޑަޝިޕް ޕްރޮގްރާމްތަކެއްވެސް އަންނާނެ. އަދި އެކި ކީސްޓޭޖްތަކަށް ޚާއްސަ އެކި މާއްދަތަކަށް ޚާއްސަކޮށްގެން ކޯސްތަކެއްވެސް އަންނާނެ" ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަނުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ޕައިލެޓް މަރުހަލާގައި 10 ސްކޫލެއްގެ 35 ބައިވެރިން ވަނީ މޮޑިއުލްތައް ބޭނުންކޮށްފައެވެ. ދެން އޮތް ފިޔަވަހީގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ހިންގުމަށް ރާވައިފައިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި މޮޑިއުލްތަކަކީ މުދައްރިސުންނަށް ފަސޭހަ ވަގުތެއްގައި އަމިއްލައަށް ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަމްރީނުތަކެއް ކަމަށާއި ފުރިހަމަކުރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އިންކުލޫސިވް އެޑިއުކޭޓަރ ސެޓިފިކެޓެއް ލިބޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރައްވައިފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް