ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް 90 ދުވަހަށް ބަންދުކޮށްފި
މާލެއިން ހުވަދު އަތޮޅަށް ދަތުރުކުރި ބޯޓެއްގައި ގދ. އަތޮޅުގެ އެކި ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ތިނަދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، ދިލްކުޝާގެ، މުޙައްމަދު ނިޝާދު (41އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ނިޝާދު ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގެ ގޮތުގައި ފުލުހުން ބުނެފައި ވަނީ 37.99 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނިޝާދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 90 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް